ރައީސް ޞާލިޙް މީދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
24 Aug 2023 | 07:20
ޝަރުޢީ ދާއިރާއަށް ގެނެވުނު ބަދަލާއި އެކު ސްޕްރީމްކޯޓަށް ރައްޔިތުންގެ އިތުބާރު ބޮޑުވެއްޖެ: ރައީސް ޞާލިޙް

މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ގެނެވުނު ބަދަލާއި އެކު ސްޕްރީމް ކޯޓަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެއްޖެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދު އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

"އެމްޑީޕީ ވުޖޫދުވެގެން އައީ އެބިންގަލުގެ މައްޗަށް، އެއިންސާފު ރައްޔިތުންނަށް ހޯދައި ދިނުމަށް، އިންސާފު ނުލިބި ތިބި އެތައް ބަޔަކަށް އިންސާފުން މަހްރޫމްވެފައި ތިބި އެތައް ބަޔަކަށް އެފުރުސަތު ހޯދައި ދިނުމަށް، އަނިޔާވެރިކަން އިންތިހާއަށް ގޮއްސައި އޮތް އޮތުން ބަދަލުކޮށްލުމަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތައްބަޔަކު ޙުކުމެއް ނެތި އެތައް ދުވަހަކު ހޭދަކުރަން ޖެހުނު ކަމަށެވެ. އިންސާފު ނުލިބި ވެރިންގެ ގާތަށް ހިނގަން ޖެހުނު ކަމަށެވެ. މިފަދަ އެތައް ކަމެއް ތަހައްމަލު ކޮށްފައިތިބި އެތައް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިންސާފު ޤާއިމް ކުރުމަކީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް އެންމެ އިސްކަން ދޭނެ އެއް ސިޔާސަތު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް ތަންފީޒުވެގެންދާނެ ސިޔާސަތަކީ އިންސާފުގެ ދާއިރާ މިނިވަންކަންމަތީގައި ބޭއްވުންކަމަށް ރައީސް ޞާލިޙްވިދާޅުވިއެވެ.

މިފަދައިން ރައީސް ޞާލިޙް މީދުއަށް ވަޑައިގެން ވާހަކަދައްކަވާފައިވާއިރު، ރައީސް މީދުއަށް ވަޑައިގެންނެވި ވަގުތު މީގެ ހަތް އަހަރު ކުރިން މަރުވި އެރަށުގެ ޒުވާނެއްކަމަށްވާ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާއަށް މިއަދާއި ހަމައަށްވެސް އިންސާފު ލިބިފައިނުވާތީ ހިމޭން އިޙްތިޖާޖެއް ދިޔައީ ކުރެވެމުންނެވެ.

މީދޫގެ ބަޔަކު އަނަސްގެ މަރަށް އިންސާފު ނުލިބި ވާތީ ހިމޭން އިޙްތިޖާޖު ކުރަނީ

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ  ސުޕްރީމް ކޯޓާ ދޭތެރޭ ކުރިން ރައްޔުތުންގެ ހިތްތަކިގައި އޮތް ޝައްކު ފިލާ، ސުޕްރީމް ކޯޓަށް އޮތް އިތުބާރު ބޮޑުތަނުން އިތުރުވެއްޖެ ކަމަށެވެ. އަދި އިންސާފް ޤާއިމްކުރުމުގެ ތެރޭގައި އަންހެނުންގެ ދައުރު، އަންހެން ފަނޑިޔާރުންގެ ދައުރު މިވަނީ ފުރަތަމަ ފަހަރަށް އިތުރުކުރެވިފައި ކަމަށާއި ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ބެންޗަށް މިއަދު ވަނީ އަންހެން ފަނޑިޔާރުން އައްޔަނު ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ގެނެވުނު ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.