މެސީ އިންޓަ މިއާމީ މޮޅުވުން އުފާފާޅުކުރަނީ
ކުޅިވަރު
24 Aug 2023 | 09:10
މެސީގެ އެހީތެރިކަމާ އެކު ޔޫއެސް އޯޕަން ކަޕްގެ ފައިނަލުން އިންޓަ މިއާމީ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި

ޔޫއެސް އޯޕަން ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ ސިންސިނާޓީ އާއި ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލުން އިންޓަ މިއާމީ ޖާގަހޯދައިފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އެފްސީ ސިންސިނާޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ލޫސިއާނޯ އަކޯސްޓާ އެވެ. މިއީ މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެފްސީ ސިންސިނާޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި އެފްސީ ސިންސިނާޓީގެ ފޯވާޑް ބްރޭންޑަން ވަޒްކުއޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗުގައި އިންޓަ މިއާމީ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލިއަނާޑޯ ކޮމްޕާނާ އެވެ. މިއީ އެޓީމުގެ ކެޕްޓަން ލަޔޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިންޓަ މިއާމީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަމިނެޓްގެ ކުޅުން ހަމަވެ އިތުރަށް ކުޅުނު ތިން މިނެޓުގެ ތެރެއިިން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލިއަނާޑޯ ކޮމްޕާނާ އެވެ. މިއީ ވެސް މެސީގެ އެހީތެރިކަމާ އެކު އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިިން ފުރަތަަމަ ހާފުގައި އިންޓަ މިއާމީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދާފައެވެ.

މިލަނޑު އިތުވަގުތުގެ ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެނަޒުއޭލާ ފޯވާޑް ޖޯސެފް މާޓިނޭޒް އެވެ. އެފްސީ ސިންސިނާޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާން ފޯވާޑް ޔޫޔާ ކުބޯ އެވެ. މިލަނޑާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އިންޓަ މިއާމީ އިން ކުރިހޯދީ 4-5 ގެ ނަތީޖާއަކުން ނެވެ. އިންޓަ މިއާމީ އިން ޖެހި ފަސް ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރި އިރު އެފްސީ ސިންސިނާޓީގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.

މިއީ އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ އެޓީމާއި ގުޅުނު ފަހުން އިންޓަ މިއާމީ ޖެހިޖެހިގެން މޮޅުވި 8 ވަނަ މެޗެވެ. އަދި މިއީ މީގެ ހަތަރު ދުވަސް ކުރިން ނޯތު އަދި ސެންޓްރަލް އެމެރިކާގެ ލީގު ކަޕް ޗެންޕިއަން ހޯދި އިންޓަ މިއާމީ އިން މި މުބާރަތުގެ ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލްގައި އިންޓަ މިއާމީ ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހެނދުނު ރިއަލް ސޯޓް ލޭކް އާއި ޑައިނަމޯ ވާދަކުރާ މެޗު މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.