ޑރ މުހައްމަދު މުއިއްޒު
ހަބަރު
24 Aug 2023 | 09:12
ޕާކިންގ ސްޓިކާ ޖޫރިމަނާތައް މައާފު ކޮށްދޭނަން: ޑރ މުއިއްޒު

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެން ވެރިކަމަށް އާދެވިއްޖެ ނަމަ ޕާކިންގ ސްޓިކަރ ތަކުގެ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދެއްވާނެ ކަމަށާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. 

ޕާކު ކުރާނެ ޖާގައެއް ނުދައްކައި ޕާކިން ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް އެއްވެސް ގޮތަކަށް އަމަލުކުރަމުން ނުދިއުމަކީ އަދުލުވެރިކޮށް ކުރެވޭ ކަމެއް ނޫން ކަމުގައި ވިދާޅުވެ ށ ފުނަދޫގައި ރޭ ބޭއްވި އެ މަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. 

މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ޖޫރިނަމާކުރުނުގެ ކަންކަން ކުރެވެމުން އަންނަނީ ބަޖެޓުގެ ތެރޭގައިވެސް ހިމެނިގެން ކަމަށާއި އެއީ ހަމަހަމަކަމާއި އިންސާފުން ބެރޭން ކުރެވެމުން އަންނަ ކަމެއްކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ވެރިކަމެއްގައި ޕާކިންގ ސްޓިކާގެ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދެއްވާނެ ކަމުގައި ޑރ މުއިއްޒުވަނީ ވައުދުވެވަޑައިގެންފައެވެ. 

އަދި މީގެ އިތުރުން މާލެއަށް ދިމާވެފައިވާ ޕާކިންގ ގެ ދަތިކަމަށް އިޝާރާތް ކުރައްވައި ޑރ މުއިއްޒު ވިދާޅުވީ އެ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް އަޅުއްވައިދެއްވާނެ ކަމަށެވެ. 

ގަރާޖު ސިޓީއަށް ސަލާން ޖަހަން ޖެހުން ހުއްޓުވާނަން. ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން. އަޅުގަނޑުމެން އަޅައިދޭ ޕާކިން ބިލްޑިންއިން އެ ޖާގަ ލިބިގެންދާނެ

ޑރ މުހައްމަދު މުއިއްޒު 

އަދި ހަމަ އެޔާއި ވިދިގެން މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ފަރާތުންވެސް އެފަދަ މަޝްރޫއެއް ހިންގުމަށް މަސައްކަތްކުރެވުނު ނަމަވެސް ސަރުކާރުން އެކަމަށް ހުއްދަ ދީފައި ނުވާކަމަށެވެ. 

މީގެ އިތުރުން ވެސް ރޭގެ ޖަލްސާގައި މުއިއްޒުވަނީ ވެރިކަމަށް ވަޑައިގެން ފުނަދޫއަށް ކޮށްދެއްވާނެ އިތުރުކަންތައްތަކެއްވެސް އިއުލާންކުރައްވައިފައެވެ. 

އޭގެ ތެރޭގައި، ފުނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އެ ރަށުގައި ސަރަހައްދީ ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ އިތުރުން، ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެރަށުގައި ބިން ހިއްކައިދެއްވާނެ ކަމިގައިވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ. 

މީގެ އިތުރުން އިކޯ ޓޫރިޒަމްގެ މުހިންމު މަންޒިލަކަށް ފަރުކޮޅު ބަދަލުކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް