ދުވާފަރު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
24 Aug 2023 | 10:04
ސަރުކާރު މިގޮތުގައި ދެމި މިއޮތީ ކޯލިޝަންގައި މަޝްވަރާކުރެވިގެން ކުރިއަށްދާތީ: ރައީސް ޞާލިޙް

ސަރުކާރު މިގޮތުގައި ދެމި އޮވެ ވަޢުދުތައް ފުއްދައިދެމުން މިދެވެނީ ކޯލިޝަންގައި މަޝްވަރާ ކޮށްގެން ކުރިއަށްދާތީ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ރ ދުވާފަރުގައި ރޭ ބޭއްވުނު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވުނު ގޮތް ވަރަށް ސާފުކޮށް އިނގޭ، އެދުވަހުވީ ވަޢުދާއި އެއްގޮތަށް އަޅުގަނޑުމެން މިދަނީ ސަރުކާރު ހިންގަމުން، ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއި ލަފަޔާއި އެކީގައި ކަންތައްތައް ނިންމަމުން މިގެންދަނީ، އެހެންވީމަ މިއަދާއި ހަމައަށް މިސަރުކާރު ދެމިއޮވެ، ވީ ވަޢުދުތައް ފުއްދެމުން މިދަނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވާދަވެރިން ދައްކާވާހަކައަކީ އަރާ ކޮންމެ ރަށަކުން ވަޢުދުވާ ވާހަކަ ކަމަށާއި، އެކަން ކޮށްދޭނީ ކިހިނެއްތޯ އެފަރާތްތަކުން ސުވާލު ކުރައްވާ ކަމަށެވެ.

ޕީއެސްއައިޕީ ބަޖެޓުން މިހާތަނަށް 34 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް މިހާތަނަށް ހޭދަ ކުރައްވައިފިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2013 އިން 2018 އާއި ހަމައަށް އެބޭފުޅުންނަށް އެފުރުސަތު ލިބުނު ކަމަށާއި، ރައްޔިތުން ބާރުތައްވެސް ދިން ކަމަށެވެ. ކަންވެގެންދިޔަ ގޮތް ރައްޔިތުންނަށް އެނގޭނެކަމަށާއި، އެންމެ ބޮޑު މައްސަލައަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާންނެތުން ކަމަށެވެ. ތިމާ ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކުރި މީހުންގެ މަތިން ހަނދާން ނައްތާލީމާ އެހިސާބުން މަގު އޮޅުނީ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދުވާފަރުގައި އެމްޑީޕީ ކޯލިޝަން ޖަލްސާ ކުރިއަށްދަނީ. ފޮޓޯ: އެމްޑީޕީ

ކޯލިޝަންގެ ގޮތުގައި ތިބި މީހުން ފޭކުރަމުންގޮސް ވެރިކަމަކީ ތިމާގެ މިލްކެއްކަމަށް ދެކި ކުރަން ފެށި މަސައްކަތުން މުޅި ޤައުމު ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރަށް ރައްޔިތުންނަށް ކަންކަން ނުކޮށްދެވުނު އެއް ސަބަބަކީ އެއީ ކަމަށެވެ. މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ މި އިންތިޚާބު މިހާރުމިއޮތީ ރައްޔިތުން ގޮތަކަށް ނިންމައިފައިކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ތިބި ވާދަވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި އިތުރަށް ރުޅި އިސްނުކުރައްވާ ވިސްނާވަޑައިގަންނަވާށޭ، އަދިވެސް އަޅުގަނޑު ދަންނަވާނީ ރުޅި އިސްނުކުރައްވާ ވިސްނުން އިސްކުރައްވާށޭ، އަދިވެސް ފުރުސަތެއް ނުގެއްލޭ" ރައީސް ވިދާޅުވިއެވެ.

 ރައީސް ޞާލިޙް ވިދާޅުވީ ކޮންމެވެސް ގޮތެއް ހަދައިގެން މިއިންތިޚާބު ދެވަނަ ބުރަކަށް ގެންދިޔުމަށް މަސައްކަތް ކުރާ ބަޔަކު އެބައުޅޭ ކަމަށެވެ. އަދި އެބަޔަކު ބޭނުންވަނީ އަމިއްލަ ފައިދާއަށް ކަންތައްތަކެއް ކުރުމަށް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދުވާފަރުގައި ރޭ ބޭއްވުނު ކެމްޕޭނު ޖަލްސާ ފެނިގެން ގޮސްފައިވަނީ ވަރަށްފޯރި ގަދަކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.