ދުވާފަރުގައި ބޭއްވުނު ޖަލްސާގައި ދާޚިލީ ވަޒީރު ޢިމްރާން ވާހަަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
24 Aug 2023 | 10:52
މިއިންތިޚާބު ދެވަނަ ބުރަކަށް ދިޔުމަށް އިންތިޒާރުކުރުމަކީ ނެތް ކަމެއް: ޢިމްރާން

މިއިންތިޚާބު ދެވަނަ ބުރަކަށް ދިޔުމަށް އިންތިޒާރު ކުރުމަކީ ނެތް ކަމެއް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ރޭ ރ.ދުވާފަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"الله ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅާއި ވާގިފުޅުން މިއިންތިޚާބު ދެވަނަ ބުރަކަށް ދިޔުމަށް އިންތިޒާރު ކުރުމަކީ ނެތްކަމެއް، ރައީސް ޞާލިޙް އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ސަބަބު މިރަށްތަކުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ، މިއިން ކޮންމެ ރަށަކަށް އެރޭއިރު ރައީސުލް ޖުމްހޫރިއްޔާއާއި ސަލާންކޮށްލާ ކުޑަ ކުއްޖާގެ އިޙްސާސުން އޭނަ އެދޭ އެދުން، ޢުމުރުން ދުވަސްވީ އަޅުގަނޑުމެންގެ އިސްރަށްވެހިންގެ ސަލާންކޮށްލުމާއި ލޯބިން ފިރުމާލުމުން ރަށްތަކުގައި ކޮށްދެވިފައިވާ އިޚްލާސްތެރި މަސައްކަތްތަކުން، މިހުރިހާ ކަމަކީ މިރައްޔިތުން ވަރަށް ހެޔޮހިތުން ލޯބިން ސެޕްޓެމްބަރ 9ވަނަ ދުވަހު ތިންވަނަ ނަމްބަރަށް ހެޔޮފާހަގަ ޖަހާލަދޭނެ މުހިންމު ސަބަބެއް" ޢިމްރާން ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށާއި ޢަދާލަތު ޕާޓީގެ ވެސް ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށެވެ.

"މިވޭތުވެދިޔަ އެތައް އަހަރެއްގައި ޢަދާލަތު ޕާޓީއާއި އެމްޑީޕީއާއި ދެމެދުގަ ފަލްސަފީ ބައެއް ކަހަލަ ނުވަތަ ބައެއް ކަހަލަ ސިޔާސީ ތަފާތުތައް ހުރިނަމަވެސް މިވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މިދެޕާޓީ އެއްކޮށް މަސައްކަތް ކުރަމުން މިދަނީ އިތުރަށް ހެޔޮވެރިކަން ކޮށްދިނުމުގެ ސިޔާސަތެއް ވަރަށް ސާބިތުކޮށް ދެޕާޓީގައި އޮތީތީ" 

ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله 

ޢިމްރާން ވިދާޅުވީނ އެމްޑީޕީ އާއި ޢަދާލަތު އަދި އެމްޑީއޭ އެކުވެގެން ކުރިއަށް އޮތް ތަނުގައި ވެސް ކޮށްދޭނީ ރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް ކަމަށެވެ.

ދުވާފަރުގައި ރޭ ޖަލްސާ ބޭއްވުމަށް ފަހު މިއަދު ހެނދުނު ރައީސް ޞާލިޙާއި ޓީމުން މިއަދު ވަނީ ރ.އިނގުރައިދުއަށް ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.