ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން--
ހަބަރު
24 Aug 2023 | 15:36
މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރުމަކަށް އެއްވެސް ހުރަހެއް ނޯންނާނެ؛ އެއީ އިސްލާމީ ނަމޫނާއެއް"

ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި މޫނު ބުރުގާއަޅާ ކަނބަލުންނަށް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާ، އެ ކަނބަލުންނަށް ހުރިހާ މައިދާނެއްގައިވެސް ހަމަހަމަ ފުރުސަތެއް ދެއްވާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ނ. ހެނބަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އަބަދުވެސް މަސައްކަތް ކުރައްވާނީ އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށްދިއުމަށް ކަމަށެވެ.

ގާސިމްވަނީ ތައުލީމީ ދައިރާއަށާއި އަންހެނުން ބާރުވެރިކުރުމަށް އެމަނިކުފާނު އެކަށައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއަށް މި ވައުދު އިތުރު ކުރައްވާފައެވެ. ގާސިމްވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އަބަދުވެސް މަސައްކަތް ކުރައްވާނީ އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށްދިއުމަށް ކަމަށެވެ.

އެއާއެކު މޫނުބުރުގާ އަޅާ ކަނބަލުންނަށް މި ސަރުކާރުންނާއި ކުރީ ސަރުކާރު ތަކުން ގެންގުޅުއްވި ތަފާތު ކުރުންތައް ގާސިމްގެ ސަރުކާރެއްގައި ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އަދި މޫނު ބުރުގާގެ މައްސަލައަކީ އިސްލާމްދީނުގައި އިހުތިލާފް އުފެދިފައިވާ މައްސައެއް ނަމަވެސް ދީނުގެ ބައެއް އުސޫލުތަކަށް ބަލާނަމަ އެއީ ވަރަށް އެދެވިގެންވާ ރިވެތި ސިފައެއްކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

" އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސްތަނެއްގައި މޫނު ބުރުގާ އަޅުއްވައިގެން މަސައްކަތްކުރުމަކަށް ހުރަހެއްނެތޭ. ކިޔަވައިދެއްވުމަށް ނަމަވެސް. އޮފީސްތަކުގެ ވަޒީފާ ނަމަވެސް ހެވޭ. އެބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް އެ އިންތިޒާމް ހަމަޖެހިގެން ދާނެ. އެއީ އިސްލާމީ ނަމޫނާއެއް. "

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް 

ގާސިމްގެ މެނިފެސްޓޯގައި ބާރުވެރި އަންހެނާގެ ވައުދުތަކުގެ ތެރެއަށް އެކަށައަޅާފައިވާ އެންމެ މުހިންމު އެއް ވައުދަކީ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންނަށް ތަފާތުކުރުމެއްނެތި ފުރުސަތު ދިނުން ކަމުގައި ޖޭޕީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.