ހަބަރު
25 Aug 2023 | 13:55
"ގޭތެރޭގައި ދަރިންނަށް ރަނގަޅު ނަމޫނާ ނުދައްކައިފި ނަމަ އެކުދިން ވާނީ ހަލާކު ކުރުވަނިމި ހަތިޔާރަކަށް"

ގޭތެރެއިން ކުދިންނަށް ރިވެތި ނަމޫނާ ނުފެންނަ ނަމަ، އެކުދިން ވާނީ ހަލާކު ކުރުވަނިވި ހަތިޔާރަކަށް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

"ހެޔޮ ނަމޫނާގެ ބޭނުންތެރިކަން" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، މުސްލިމުންގެ ޝަޚުޞިއްޔަތު އޭގެ މަތީގައި ގާއިމް ވެފައިވާ ތަނބުތަކުގެ ތެރޭގައި ރިވެތި ނަމޫނާ ހިމެނޭ ކަމަށެވެ. 

އަދި އަހަރުމެންގެ ދަރީންނަކީ މާތް الله އަހަރުމެންނާއި ހަވާލުކޮށްފައިވާ އަމާނާތަކަށް ވާއިރު، އެކުދިންނަށް ލިބިގެންވާ ރިވެތި ނަމޫނާއަކަށް އަހަރެމެން ވާންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒުވާނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އަހަރުމެންގެ ކިބައިން އެކުދީންނަށް ހެޔޮ ނަމޫނާ ނުފެނުން ހިމެނޭ ކަމަށެވެ. 

"ޒުވާނުންނާ މިއަދު ކުރިމަތިވެފައިވާ މަސްއަލަތަކުގެ ތެރޭގައި އަހަރެމެންގެ ކިބައިން ކުދިންނަށް ހެޔޮ ނަނޫނާ ނުފެނުން ވެއެވެ. ރިވެތި ނަމޫނާއިން ތަރުބިޔަތު ދިނުމުގެ ހެޔޮކަން، ވައުޟު ނަސޭހަތުން ތަރުބިޔަތު ދިނުމަށްވުރެ، އެތައް ގުނައެއް މޮޅެވެ. އަވަށްޓެރިންނާ ޒުވާބުކޮށް، އަރާރުންވާ މީހާ އޭނާގެ ދަރިން ގާތުގައި އަވަށްޓެރިންނަށް ކަމޭހިތާށޭ ބުނާނީ ކިހިނަކުން ހެއްޔެވެ؟ ނަމޫނާއަކާ ނުލައި، ތަރުބިޔަތެއް ދެވިދާނެ ހެއްޔެވެ؟ ހުރިހާކަމެއްގެ ވެސް އަސާސަކީ ނަމޫނާއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ ގޭތެރެއިން ދަރިންނަށް ހެޔޮ ނަމޫނާ ނުދައްކައިފިނަމަ އެމީހުން ވާނީ ހަލާކު ކުރަނިވި ހަތިޔާރަކަށް ކަމަށެވެ. އަދި މުދައްރިސުންގެ ކިބައިން ހެޔޮ ނަމޫނާ ނުފެންނަ ނަމަ އެކުދީންނަށް ލިބޭނީ ފާސިދު ތަރުބިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ. 

ގޭތެރެއިން ދަރިންނަށް ހެޔޮ ނަމޫނާ ނުދައްކައިފިނަމަ، އެމީހުން ވާނީ ހަލާކު ކުރުވަނިވި ހަތިޔާރަކަށެވެ. މުދައްރިސުންގެ ކިބައިން ހެޔޮ ނަމޫނާ ނުފެންނަ ނަމަ، އެ ކުދިންނަށް ލިބޭނީ ފާސިދު ތަރުބިއްޔަތެކެވެ. އެކުދިންނަށް ކިޔަވައިދޭ ތަކެއްޗާ އެއްގޮތަށް އެދުރުން އަމަލު ނުކުރާ ނަމަ އެކުދިން ބޮޑުވާނީ ކަތި ބިންގަލެއްގެ މަތީގައެވެ. އަހަރެމެންގެ އެދުރުންނަކީހަމައެކަނި މަޢުލޫމާތު ފޯރުކޮށްދޭ މެޝިންތަކަމަށް ވެގެން ނުވާނެއެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ވެރީންނާއި، މައިންބަފައިންނާއި، މުދައްރިސުންނާއި މުރައްބީން ހެޔޮ ނަމޫނާއަކަށް ވެއްޖެނަމަ ގައުމުގެ ކުރިމަގު އުޖާލާވެ ދުނިޔެއާއި އާހިރަތް ބާއްޖަވެރިވާނެ ކަމަށެވެ. 

ވިސްނާނުލާ އެއްވެސް ނަމޫނާއެއް ނަކަލު ނުކުރުމަށް ޒުވާނުންނަށް ނަސޭހަތްތެރިވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.