ބެލިންހަމް ލީގުގައި ކުޅުނު ތިން މެޗުގައި ރެއާލް މެޑްރިޑަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވޭ
ކުޅިވަރު
26 Aug 2023 | 13:02
ވިނީޝިއަސް އަށް އަނިޔާވިއިރު، ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެލިންހަމް

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ސެލްޓަ ވީގޯ އާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ އިތުބާރު ފޯވާޑް ވިނީޝިއަސް ޖޫނިއަރ އަށް އަނިޔާވެ ބަދަލުކުރަށް ޖެހުނުއިރު، 1-0 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ސީޒަން ފެށުމުގެ ކުރިން ރެއާލްގެ އެއް ނަންބަރު ކީއްޕަރު ކޯޓުއާއަށް އަނިޔާވެ، މިސީޒަނުގައި އޭނާ ނުކުޅެވޭނެކަން ކަށަވަރުވެފައިވާ އިރު، ލީގުގެ ފުރަތަމަ މެޗުގައި އެޓީމު އެންމެ މުހިންމު އެއް ޑިފެންޑަރު މިލީޓޯ އަށް އަނިޔާވެ ވަނީ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރެއާލް މެޑްރިޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 18ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ އަށް އަނިޔާވެ ބަދަލުކުރަށް ޖެހުމާއި ގުޅިގެންނެވެ. މިހާފުގައި ރެއާލް އިން އެންމެ ހުސް ފުރުސަތެއް ލިބުނީ ވިނީޝިއަސްގެ ބަދަލުގައި ކުޅެންނުކުތް ޖޯސެލޫ އަށެވެ. ފުރަތަަމަ ހާފުގެ 43 ވަނަ މިނެޓުގައި ލިބުނު ހުސް ފުރުސަތުގައި ޖޯސެލޫ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ލައިންސްމަން އޭރު ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގާފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން ބަދަލުތަކެއް ގެނެސް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، ފަހުހާފުގެ 66 ވަނަ މިނެޓުގައި ސެލްޓާގެ ޕެނަލްޓީ އޭރިއާ ބޭރުން ތެރެއިިން އެޓީމުގެ ކީއްޕަރު ރެއާލްގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އެޓީމަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ރޮޑްރިގޯ ފޮނުވާލި ޕެނަލްޓީ ސެލްޓާގެ ކީއްޕަރު އިވާން ވިލާރ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް އެވެ. މިއީ މިސީޒަނުގައި ރެކޯޑް ޓްރާންސްފާ ފީއެއްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން އެޓީމާއި ގުޅުނު ޒުވާން މިޑްފީލްޑަރު ލީގުގައި ކުޅުނު ތިން މެޗުގައި އެޓީމަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ، 9 ޕޮއިންޓާއެކު ރެއާލް މެޑްރިޑް މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މި މެޗުން ބަލިވި ސެލްޓަ ވީގޯ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.