ގައްދޫ ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
27 Aug 2023 | 11:28
ގަމުގެ އިހްތިޞާސް ގައްދޫއަށް ބަދަލުކޮށް އަތޮޅަށް ނަފާވާނެ އިޤްތިޞާދަކަށް ހަދާނަން: ޑރ މުއިއްޒު

ގަމުގެ އިހްތިޞާސް ގދ ގައްދޫއަށް ބަދަލުކޮށް، އެ ރަށަކީ ގދ އަތޮޅަށް ނަފާވާނެ ވަރުގެ އިޤްތިޞާދަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ގދ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ ގައްދޫއަށް ވަޑައިގެން، އެ ރަށަށް ކޮށްދެއްވާނެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެވޭލާ ޒަމާނުއްސުރެ ގަމަކީ ގައްދޫގެ ބައެއްގެ ގޮތުގައި އޮތް ރަށެއް ކަމަށެވެ. އެހެންކަމުން، އެއީ ގައްދޫގެ އިހުތިޞާސް ހިނގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާދެއްވާނެ ކަމަށާއި، އަދި އެ ރަށަކީ އަތޮޅަށް ނަފާވާނެ ތަނެއްގެ ގޮތުގައި ތަރައްގީކޮށްދެއްވާނެ ކަމަށެވެ. 

"ގަމަމީ ގައްދޫ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ހަދައިދޭނަން. އަދި އެ ރަށުން ރައްޔިތުންނަށް ނަފާވާގޮތަށް ބައްޓަންކުރެވި، އުމުރާނީ ތަރައްގީއާއި، އިޤްތިޞާދާއި ވިޔަފާރި ފުޅާކުރުމަށް ގަން ތަރައްގީކުރާނަން. އޭރުން މުޅި އަތޮޅުގެ ރައްޔިތުންނަށް ގަމުން ނަފާކުރާނެ"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ގދ އަތޮޅަކީ ފަތުރުވެރިކަން ފުޅާކުރެވިދާނެ އަތޮޅެއް ކަމަށެވެ. އެގޮތުން އަތޮޅުގައި އެ ސިނާއަތު ކުރިއެރުވުމަށް މިހާރު ނުނިމި ހުރި ރިސޯޓުތައް ނިންމާ އިތުރު ރިސޯޓުތައް ތަރައްގީކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި ގައްދޫއަކީ ފާހަގަކޮށްލެވޭ ސާފިން ޕޮއިންޓުތަކެއް ހުރި ރަށަކަށްވުމުން، އެ ޕޮއިންޓު ތަކުގެ ބޭނުން ހިފާ ސާފިން ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެގޮތަށް އެކަން ކުރެވިއްޖެ ނަމަ ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި، އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ސަރުކާރެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ. އދި ވިދާޅުވީ އެކަން ނުކުރެވޭ ނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. 

އެއާއެކު ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަން ވެގެންދާނީ ރައްޔިތުން ފުދުންތެރި ކުރުވާނެ ވެރިކަމަކަށް ކަމަށެވެ. އަދި އެކަމާއި މެދު ރައްޔިތުން ޝައްކު ނުކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.
08 Oct 2026
18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
08 Oct 2026
ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަން އިއުލާންކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް މި ގާނޫނަށް އަމަލު ނުކުރާކަން ފާހަގަކޮށްފައެވެ.
08 Oct 2026
އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ
08 Oct 2026
ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ތަހުގީގު ފައިލް ބެލުމަށް ފަހު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ. ޕީޖީގެ އެ ނިންމުމާ ގުޅިގެން، ހެއްކާއި ގަރީނާ އިތުރަށް ވަޒަންކުރުމަށް ފަހު ފުލުހުން ވެސް މައްސަލަ ވަނީ ނިންމާފައެވެ.
08 Oct 2026
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަޖުރިބާކާރުން ބިނާކުރުމުގެ އިތުރުން، ކުރީ މަރުހަލާގައި ކެންސަރުގެ ނިޝާންތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވެން ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އެ ޓެކްނޮލޮޖީ ރަނގަޅަށް ބޭނުންކުރެވޭ ވަރުގެ ސިއްހީ ދާއިރާގެ އިލްމީ ހުނަރުވެރީން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.