ދިއްދޫ ޖަލްސާގައި ޢަލީ ހުސައިން ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޖޭޕީ
ހަބަރު
27 Aug 2023 | 12:28
ގެއްލުނު ކަނޑުގެ ސަރަހައްދުގައި މައުދަންތައް ހުރިކަން ސައިންޓިފިކް ރިސާޗުތަކުން އެބަ އެނގޭ: ޢަލީ ހުސައިން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު، 45,000 އަކަ ކިލޯމީޓަރު ސަރަހައްދުގައި އެކި ފާޑުގެ މައުދަންތައް ހުރިކަން ސައިންޓިފިކް ރިސާޗުތަކުން އެނގެން ހުރި ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ޖޭޕީން އދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުގައި އދ. ދިއްދޫގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަލީ ހުސައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގެ ކެންޕެއިން ތެރެއިން ދައްކަމުންދަނީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާ އެއީ ގައުމީ ވާހަކަ ކަމަށެވެ. 

އެގޮތުން، 2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ވެރިކަން ހަވާލުކުރެއްވިއިރު، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ބަލަހަށްޓަމުންއައި ސަރަހައްދުން 200 ނޮޓިކަލް މޭލު މިހާރު ގެއްލުވާލާފައިވާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެވާހަކަ ދައްކަވަމުންދާ ކަމަށް ޢަލީ ވިދާޅުވި އެވެ. 

2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އާއި ވެރިކަން ހަވާލުކުރި އިރު، ރާއްޖޭގެ ދެކުނުން ވެސް އައްޑު އަތޮޅާ، ފޯޅަވައްސާ ދޭތެރޭގައި އޮންނާނެ 200 ނޮޓިކަލް މޭލުގެ ސަރަހައްދެއް. އެއީ އަޅުގަނޑުމެންގެ ސަރަހައްދެއް. އެއީ އަޅުގަނޑުމެންގެ ޚާއްސަ އިގްތިޞާދީ ސަރަހައްދު. އެ ހިސާބުގައި، ބައެއް ފަހަރު ކަންތައްތައް ދިމާވެގެން، ދިވެހި ސިފައިންވެސް އެބަހުރި 199 ނޮޓިކަލް މޭލަށް އެކި ކަންތައް ތަކުގައި ގޮއްސަ. އަދި އަޅުގަނޑުމެން އެމްއެންޑީއެފްގެ ލޮގް ފޮތްތައް ބަލައިފި ނަމަ، އެ މުޅި ސަރަހައްދުގައި ސެކިޔުރިޓީ ބަލަހައްޓާ ފައިވާ ކަން ، ނުވަތަ އެއީ އަޅުގަނޑުމެންގެ ސަރަހައްދުކަން ސާބިތުވާނެ ކިތާބީ ހެކި، މިއަދުވެސް އެމްއެންޑީއެފްގައި ހުންނާނެ. 

ޢަލީ ހުސެއިން 

ޢަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އެ ސަރަހައްދު ގެއްލިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވާނުވާ ނޭނގޭ ހާލުގައި ހުންނަވަނިކޮށް 'ބަޔަކު' ދިއްކޮށްލި ސިޓީ އެއްގައި ސޮއި ކުރައްވައިގެން ކަމަށާ، އެކަން ކޮށްފައިވަނީ ބޭރު ގައުމެއްގެ ނުފޫޒުން ކަމަށެވެ. 

"ހަގީގަތުގައި ސިޓީގައި ސޮއި ކުރެވުނުއިރުގައި އެނގިވަޑައިނުގަންނަވާ އެ ސިޓީގައި ސޮއި ކުރެވުނީމާ އޭގެ ނަތީޖާ އަކަށް ވާނީ ކޮން ކަމެއް ކަމެއް. އެކަން އެޓާރނީ ޖެނެރަލް ކިޔުއްވާދެއްވާފައިވާ ކަމަކަށްވެސް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ."

ޢަލީ ހުސެއިން 

ޢަލީ ވިދާޅުވީ، ރައީސް ޞާލިހަށް ނޭނގިހުންނަވައިގެން އެ ސޮއި ކުރެއްވި ސިޓީގެ ސަބަބުން ފޯޅަވައްސާ މާ ދުރުގައި އޮތް ގައުމަކަށް، އެއްވެސް އުސޫލެއް، ގާނޫނީ ހަމައެއް ނެތި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ދެވިގެން ގޮސްފައިވާ ކަމަށެވެ. 

"ދޫކޮށްލީ 45000 އަކަ ކިލޯމީޓަރު ގެ ސަރަހައްދެއް. އެއާއެކީގައި އަޅުގަނޑުމެންނަށް މި އެނގެނީ، ދުނިޔޭގައި، މިހާރު ބޮޑެތި ސަރަހައްދު ތަކުގައި މިހާރު އޮފްޝޯ ޑްރިލިންގ ފެށިއްްޖެކަން. އޮފްޝޯ ޑްރިލިންގ އަކީ، މާކަނޑުގައި ތޮރުފައިގެން، އެތަނުގައި ހުރި މައުދަންތަކަކީ ކޮންޗެއްތޯ ބަލައި، މި އެއްޗެހި ނަގަން ފެށިއްޖެ." ޢަލީ ހުސެއިން ވިދާޅުވި އެވެ. 

އެހެންވީމާ، ބައެއް ސައިންޓިފިކް ރިސާރޗް ތަކުން އެބަ ދައްކާ، މި ގެއްލުނު ސަރަހައްދުގައި ވަކި ފާޑުފާޑުގެ މައުދަންތައް އެބަ ހުރިކަން. އެހެންވީމާ، މިއީ ދުނިޔޭގެ ވަކި ގައުމަކުން، އެ ސަރަހައްދުގައި ހުރި މުދާތައް ނޫނީ ވަސީލަތްތައް ބޭނުންވާތީ ކުރެވުނު ކަމެއް ކަން. 

ޢަލީ ހުސެއިން 

އެހެންކަމުން ދިވެހި ގައުމުން 45,000 އަކަ ކިލޯމީޓަރު ދުއްވާލި ބަޔަކަށް ދެވަނަ ދައުރެއް ދޭން ދިވެހިން ބޭނުންވާނެތޯ ސުވާލު ކުރައްވަމުން ޢަލީ ވަނީ ގައުމު ދެކެ ލޯބިވާ އެއްވެސް ދިވެއްސެއް އެކަން ކުރަން ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ޙަސަނާ
ފޯޅަވަހި ލިބުނު ބަޔަކަށް އެތަނުގެ ކަނޑުން އެމީހުނަށް ވާބައި ލިބޭނެ. މޮޔަނުގޮވާ. ތިޔަބުނާ 200 މޭލު ރާއްޖެއަށް ލިބިފައޮތީ ފޯޅަވަހި ރަސްމީކޮށް ބަޔަކަށް ނުލިބި އޮތްއިރެއްގަ.
27 Aug 2023
ގުޅޭ ލިޔުންތައް
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.