މިނިސްޓަރ މާރިޔާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ވޮއިސް
ހަބަރު
27 Aug 2023 | 14:16
މުޢިއްޒު އެފެށީ ސިޔާސީ ގޮތުން ރައީސް ޔާމިން ފަސްދާނުލުމުގެ މަސައްކަތް: މާރިޔާ

ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މިހާރު ފައްޓަވައިފައިވަނީ ރައީސް ޔާމިން ޢަބްދުލް ޤައްޔޫމް ސިޔާސީ ގޮތުން ފަސްދާނުވެޑުވުމުގެ ޕޮލިސީ ކަމަށް ޑިފެންސް މިނިސްޓަރ އަދި ރައީސް ޞާލިޙްގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހާކަދައްކަވަމުންނެވެ.

"ތިމަންނާ ރައީސް ޔާމީންގެ އިންޑިޔާ އައުޓް ޕޮލިސީ ކޮޅުފައިން ޖަހައިފައި އިންޑިޔާ ފަސްޓް ޕޮލިސީ އިޚްތިޔާރު ކުރާނެ ކަން އެއޮތީ ރީއްޗަށް ވިދާޅުވެފައި، މުޢިއްޒު އެފެށީ ސިޔާސީ ގޮތުން ރައީސް ޔާމިން ފަސްދާނުލުމުގެ ކަންކުރާނެ ގޮތް" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮންމެ ނަމެއްކިޔައިގެން ކަމުގައިވިޔަސް އެކުރައްވާ ކަމަކީ ރައީސް ޔާމިން ސިޔާސީ ގޮތުން ފަސްދާނުލުމުގެ މަސައްކަތް ކަމަށާއި، ޕީޕީއެމެ ސަޕޯޓަރުންނަށް ބުނެލަން އޮތީ މުޢިއްޒު މިހާރު އެވަނީ އެކަން އިޢްލާނު ކުރައްވައި އިޢްތިރާފު ވެފައިކަމަށެވެ.

މީޑިޔާތަކުން ބާއްވާ ރިޔާސީ ބަހުސްތަކަށް ކެންޑިޑޭޓުން ވަޑައިގެންނެވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އެމްއެންޔޫއިން އިންތިޒާމް ކުރައްވާ ބަހުސަށް ރައީސް ޞާލިޙް ވަޑައިގަންނަވާނެކަން ވަނީ ޔަޤީން ކޮށްދެއްވައިފައި ވާ ކަމަށެވެ.

އަދި އެއީ ޢިލްމީ ބަހުސެއް ހިނގާނެ ތަނެއް ކަމަށާއި، އެކަމަކު މީޑިޔާ ތަކަށް އަރައި އިސްތިހާރު ވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް އެގޮތައް ޤަބޫލުކުރައްވާ ކަމެއްނޫން ކަމަށާއި އެއަށްވުރެ ބޮޑަށް ރައްޔިތުން ގާތަށް ވަޑައިގަތުމަށް އިސްކަން ދެއްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެއީ މީޑިއާތަކަށް ދެރަބަހެއް ބުނުމަށް ވިދާޅުވި އެއްޗެއް ނޫން ކަމަށާއި ރައީސް ޞާލިޙްގެ ކެމްޕޭނު ހަރަކާތްތައް އެންމެ ގާތުން ރައްޔިތުންނާއި ހަމައަށް ގެނެސްދެނީ ވެސް މީޑިއާ ތަކުން ކަމަށެވެ. އަދި އެކަމަށްޓަކައި މީޑިއާ ތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި އިދިކޮޅު ކެންޑިޑޭޓުގެ ޖަލްސާގައި ވާހަކަދެއްކެވި ބޭބޭފުޅުންގެ ވަކިވަކި ވާހަކަތަކަށް މަރިޔާ ވަނީ ޖަވާބު ދެއްވައި ރައްދުދެއްވައިފައެވެ.

ކޮމެންޓް
ދުޅަހެޔޮ
ކަމަނާ އެންމެ ބިރުގަންނަނީ މުއިއްޒުދެކެތޯ
27 Aug 2023
ކިނބޫ
ޗޯރު ބުނަނީ އެހެން ސިފައެއްގަ ހުރި ޔާމީން އެކޯ ޕޕމ އިން ނުކުތީ. ފިނދަނަ މި ކިޔަނީ އެހެން އެއްޗެއް.
28 Aug 2023
ގުޅޭ ލިޔުންތައް
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.