މެޕިމް އާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
28 Aug 2023 | 11:32
އައިއޭސީގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް މެލޭޝިޔާގެ މެޕިމް އާއެކު އެއްބަސްވުމަކަށް!

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން، ދެމުންދާ ޚިދުމަތްތަކަށް އިތުރަށް ފުރިހަމަކުރުމަށް، މެލޭޝިއަން ކޮންސަލްޓޭޓިވް ކައުންސިލް އޮފް އިސްލާމިކު އޯގަނައިޒޭޝަން، މެޕިމް، އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މެޕިމް އަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިޔާގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. 

މެޕިމް އާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ވޮއިސް

މެޕިމް އާއި އެކު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ ޗެއާމަން އަހުމަދު އިގުބާލް ވިދާޅުވީ، އެ ޖަމިއްޔާއިން ޕާޓުނަރުންގެ ގޮތުގައި ޚިޔާރު ކުރާއިރު ބަލަނީ އެންމެ، އަވަސް ކަމާއި، އިތުބާރާއި އެކު ދެފުށް ފެންނާނޭ ހެން، މަސައްކަތް ކުރާ އަދި ނަތީޖާނެރޭ ޖަމިއްޔާ ތަކަށް ކަމަށެވެ. 

އެގޮތުން ބަލާއިރު، މެޕިމް އަކީ، މިހުރިހާ ކަމެއްވެސް ގާތްގަނޑަކަށް ހަމަވާ އޯގަނައިޒޭޝަން އެއް. އެކްސްޕީރިއަންސް ގޮތުން ބަލާއިރުވެސް ވަރަށް އަވަހަށް ޑެލިވާ ކުރާނެ. ވަރަށް ސްޓްރޯންގެ ވާނެ އެމީހުން އެކްޓިވް އޭރިއާސް ތަކުގައި. 

އަހުމަދު އިގްބާލު

އިގްބާލު ވިދާޅުވީ، އައިއޭސީން މިހާރު ކުރަމުންދާ މަސައްކަތަކީ، ވަކިވަކި ފަރުދުންނަށް ވަކި ޚިދުމަތްތަކެއް ކޮށްދިނުމުގެ ބަދަލުގައި، މުޅި މުޖުތަމައަށް އަމާޒުކޮށް، މުޖުތަމަޢު ގައި ދިރިއުޅޭ އެންމެނަށްވެސް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ދިވެހިންގެ އެހީގައި ލިބިފައިވާ ފައިސާއިން، މެޕިމް އިން ސީރިޔާގައި ހެދުމަށް އިއުލާން ކޮށްފައިވާ، މޮޑެލް ވިލެޖު ހެދުމަށް އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް އިގްބާލް ވިދާޅުވި އެވެ.

މެޕިމް އާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ވޮއިސް

އައިއޭސީގެ އަމާޒަކީ ދުނިޔޭގެ ކަންކޮޅު ތަކުގައިވެސް، ހަމަޖެހޭ އަމާން މުޖުތަމަޢެއް ގައި ފުދުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ތަން ދެކުން ކަމަށް އިގްބާލް ވަނީ ވިދާޅުވެފަ އެވެ. 

އިގްބާލް އިތުރުން، އައިއޭސީއާއި އެކު ވެވުނު އެއްބަސްވުމާއި ގުޅިގެން މެޕިމްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. ސާނީ ވިދާޅުވީ، އައިއޭސީ އާއި ވެވުނު އެއްބަސްވުމާއިއެކު، ދެ ޖަމިއްޔާއިން އެކުގައި ކުރަމުންދިޔަ މަސައްކަތް ފުޅާވެ، އިސްލާމީ އުއްމަތުގައި ދިރިއުޅެމުންދާ ފަގީރު ނިކަމެތިންނަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. 

މެޕިމް އާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ވޮއިސް

އެގޮތުން، އިގްތިސާދީ ގޮތުންނާއި، ތައުލީމީ ގޮތުންނާއި، އަންހެނުން ބާރުވެރި ކުރުވުން ފަފަ ދާއިރާތަކުން އިސްލާމީ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިއީ ބުރަ، ދިގު މުއްދަތެއް ނަގާނެ ކަމެެއް ނަމަވެސް، ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ