ދިޔަމިގިލީ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
27 Aug 2023 | 17:24
120 ރަށަށް ދެވިއްޖެ؛ ފެންނަނީ އިސްލާޙީ ބަދަލާއެކު ކުރިއަށްދާން ތިބި މަންޒަރު: ރައީސް ޞާލިޙް

ރާއްޖޭގެ ސަތޭކަ ވިއްސަކަށް ރަށަށް ދެވިއްޖެ ކަމަށާއި ދެވޭ ކޮންމެ ރަށަކުންވެސް ފެންނަނީ އެމަނިކުފާނުގެ ސަރުކާރުން ގެނެސްފައިވާ އިސްލާޙީ ބަދަލާއިއެކު ރައްޔިތުން ކުރިއަށްދާން ތިބި މަންޒަރުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނު ދަތުރުފުޅުގައި ތ ދިޔަމިގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު މިއަންނަނީ ރައްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަމުން، ވަރަށް ގިނަ ރަށްރަށަށް ދަތުރު ކުރެވިއްޖެ، ސަތޭކަ ވިއްސަކަށް ރަށަށް އަޅުގަނޑަށް ދެވިއްޖެ މިހާރު، އެއިން ކޮންމެ ރަށަކުން އަޅުގަނޑަށް ފެންނަނީ މި އިސްލާޙީ ހެޔޮ ބަދަލާއި އެކީގައި ކުރިއަށްދާން ތިބިތަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އިންތިޚާބުގައި ވޯޓުލުމުގެ ކުރިން ހުރިހާ ރައްޔިތުންވެސް ވިސްނާ ފިކުރު ކުރައްވަން ޖެހޭ ކަމެއް ވާކަމަށެވެ. އެއީ ވަޢުދުވެފައި ވަޢުދު ފުއްދަނީ ކޮންބައެއްތޯ ބެލުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި މިރާއްޖެގައި މިއިން ދުވަހަކު ނުހިނގާ ވަރަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާނެ ކަމަށާއި ރައްޔިތުންނަށް އެތަން ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ގެނެވިފައިވާ ބޮޑެތި ބަދަލުތައް ގެންނަމުން ދިޔައިރު ސަރުކާރަށް ދިމާވަމުން ދިޔަ ދަތިތަކަށް ރައްޔިތުން ވިސްނާވަޑައިގަންނަވަނެ ޖެހޭ ކަމަށެވެ.

އެގޮތުން ކޮވިޑުގެ ދުވަސްވަރު ރައްޔިތުންނާއި ސަރުކާރު ތަހައްމަލު ކުރި ދަތި އުނދަގޫ ދުވަސްތައް ހަނދާންކުރަން ޖެހޭ ކަމަށާއި، ސަރުކާރުގައި ތިބެ ވެރިކަން ކުރަމުންދިޔައިރު ސަރުކާރުގެ އެތެރޭންނާއި ބޭރުން، ޕާޓީގެ އެތެރޭގައި ތިބި ބަޔަކު ކުރި އުނދަގުލާއި ދައްޗާއި، ވާދަވެރި އިދިކޮޅުގައި ތިއްބެވި ބޭފުޅުން ކުރި އުނދަގުލާއި ދައްޗަކީ މިއަދު ރައްޔިތުން ވިސްނާބަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއިން ބޭފުޅަކު އެއިން ޕާޓީއެއް ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެއްޔާ ކަންވެދާނެ ގޮތް އެއީ ތިބޭފުޅުން ވިސްނާވަޑައިގަންނަވަން ޖެހޭ ކަމެއް، ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ރައްޔިތުންގެ ތަރައްޤީއަށް ކަމެއް ކުރުމަށް ބޭނުންވާ ބޭފުޅަކު އެޔަކު ނެތް، އެއީ ޔަޤީން ކަމެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުނަށް ކަމެއް ކޮށްދެއްވާނެނަމަ އެބޭފުޅުންނަށް ލިބުނު ފުރުސަތުގައި އޮންނާނީ އެކަން ކޮށްފައި ކަމަށެވެ. އަދި އެއާއި ޚިލާފަށް އެބޭފުޅުން ވަނީ ރައްޔިތުންނާއި މެދު އިހުމާލު ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ތ.އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޯލިޝަންގެ އިސް ބޭފުޅުންވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ