ޑރ ޝަހީމު ހޯޑެއްދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
27 Aug 2023 | 18:32
ޕީޕީއެމްގެ ވެރިކަން އިޔާދަ ކުރުމުގެ ޖޯޝު ރައްޔިތުންގެ ތެރޭގައި އިތުރުވެއްޖެ: ޑރ ޝަހީމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަން އަލުން އަނބުރާ އިޔާދަކުރުމުގެ ޖޯޝު ރައްޔިތުންގެ ތެރޭގައި އިތުރުވެފައިވާކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގދ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ހޯޑެއްދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ގދ އަތޮޅުގެ ރަށްތަކަށް ޑރ މުއިއްޒާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމު ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލަށް ގިނަ ބަޔަކު ނިކުތް މަންޒަރުވެސް ފެނިގެން ދިޔައެވެ.

ގދ އަތޮޅުން ފެނުނު ތާއީދަށް އިޝާރާތްކުރައްވާ ޑރ ޝަހީމު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެ ރަށްތަކަށް ޕީޕީއެމްގެ ޓީމު ވަޑައިގަތުމުން ކީ މަރުހަބާއަށް ވުރެ މާ ހޫނު މަރުހަބާއެއް މިއަދު ކިޔާފައިވާ ކަމަށެވެ. 

އެކަމުން ފެނިގެންދަނީ ޕީޕީއެމްގެ ވެރިކަން އިޔާދަކުރަން ރައްޔިތުން ބޭނުންވެފައި ތިބި މަންޒަރު ކަމަށާއި، އެ ރޫހާއި ޖޯޝު ރައްޔިތުންގެ ތެރޭގައި އިތުރުވަމުން އަންނަ މަންޒަރުކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

"އަޅުގަނޑު މި ހުންނަނީ ހަމަ އަޖައިބުވެފައި. އެއީ މީގެ 5 އަހަރުކުރިން ކެމްޕޭނުގެ އެކި ރަށްތަކަށް ދަތުރު ދިޔަ މީހެއް އަޅުގަނޑުމީ. އޭރަށްވުރެ ވެސް މިހާރު ޕީޕީއެމްގެ ވެރިކަން އިޔާދަކުރުމުގެ ޖޯޝު ރައްޔިތުންގެ ތެރޭގައި އޮތް މިންވަރު ވަރަށް ބޮޑުވެއްޖެ"

ޑރ މުހައްމަދު ޝަހީމު އަލީ ސައީދު 

ޑރ ޝަހީމު ވިދާޅުވީ އެ ޖޯޝު އިތުރުވުމުގެ މާނައަކީ ރައްޔިތުން ޕީޕީއެމްގެ ވެރިކަން ބަލައިގެންފައިވާކަން ކަމަށެވެ. 

އެގޮތުން އޭރު ރައީސް ޔާމިނު ހައްޔަރުކުރަން ގޮވާލި މީހުން މިހާރު އެމަނިކުފާނު މިނިވަންކުރުމަށް ގޮވަމުންދާކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. އަދި މިހާރު ރައީސް ޔާމިނު ކުރެއްވި ފަދަ ވެރިކަމެއް އަނބުރާ ގެނައުމަށް އޭރު ރައީސް ޔާމިނުގެ ވެރިކަމަށް ފާޑުކީ ފަރާތްތައް ގޮވަމުންދާކަން ވެސް ޑރ ޝަހީމު ފާހަގަކުރެއްވި އެވެ. 

ޑރ ޝަހީމު ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަން ބަދަލުކުރުމަކީ ހެދުނު ގޯހެއްކަމަށް މިއަދު ގިނަ ރައްޔިތުން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ވެރިކަން އިޔާދަކުރަން ގިނަ ބަޔަކު ނިކުމެ މަސައްކަތް ކުރަމުންދަނީ އެ ގޯސް ރަނގަޅުކޮށް ގައުމުގެ މިސްރާބު ރަނގަޅު ދިމާލަކަށް ބަދަލުކޮށް، ރައްޔިތުންނަށް ލިބެމުންދިޔަ ތަރައްގީ އިޔާދަކުރުމަށް ކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވަނީ އެފަދައިން މަސައްކަތްޕުޅު ކުރައްވާ ރައްޔިތުންނަށް ހިތްވަރުދެއްވާ ސާބަސް ދެއްވާފައެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ކެމްޕޭނު ހަރަކާތްތައް ވަރުގަދަކޮށް، އެއްބުރުން މި އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ހޮއްވަވާދެއްވުމަށް ޑރ ޝަހީމު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.
08 Oct 2026
18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
08 Oct 2026
ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަން އިއުލާންކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް މި ގާނޫނަށް އަމަލު ނުކުރާކަން ފާހަގަކޮށްފައެވެ.
08 Oct 2026
އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ
08 Oct 2026
ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ތަހުގީގު ފައިލް ބެލުމަށް ފަހު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ. ޕީޖީގެ އެ ނިންމުމާ ގުޅިގެން، ހެއްކާއި ގަރީނާ އިތުރަށް ވަޒަންކުރުމަށް ފަހު ފުލުހުން ވެސް މައްސަލަ ވަނީ ނިންމާފައެވެ.
08 Oct 2026
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަޖުރިބާކާރުން ބިނާކުރުމުގެ އިތުރުން، ކުރީ މަރުހަލާގައި ކެންސަރުގެ ނިޝާންތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވެން ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އެ ޓެކްނޮލޮޖީ ރަނގަޅަށް ބޭނުންކުރެވޭ ވަރުގެ ސިއްހީ ދާއިރާގެ އިލްމީ ހުނަރުވެރީން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.