ޑރ މުއިއްޒު ގެމަނފުށީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
28 Aug 2023 | 11:23
ބޭންކު ބުރާންޗެއް ހުޅުވާ ގެމަނަފުށީގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޑރ މުއިއްޒު ވައުދުވެއްޖެ!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރެއްގައި ގެމަނަފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

އެމަނިކުފާނު ގއ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ގއ ގެމަނަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވަނީ ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ.

ގެނަމަފުށީގެ ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުމާއި، އަދި ނެޝަނަލް ހައުސިން ޕޮލިސީގެ ދަށުން އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގުމުގެ އިތުރުން، މަސްވެރިކަމަށް ޚާއްސަ މަޝްރޫއުތަކެއް ގެމަނަފުށީގައި ހިންގަވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން ގެމަނަފުށީ ކައިރީގައި އޮންނަ މާހިރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލުމުގެ އިތުރުން، ބޭންކު ބުރާންޗެއް ގެމަނަފުށީގައި ގާއިމުކޮށް، ސުކޫލުގައި މަލްޓި ޕާޕަސް ހޯލެއް އަޅުއްވާދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ހަމައެއާއެކު ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް އެކްސްރޭގެ ޚިދުމަތް ފޯރުކޮށްދެެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ގެނެމަފުށީގެ އިތުރުން ކޮނޑޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ބޮޑުކުރުމާއި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެ ރަށުގައި މަޝްރޫއުތައް ހިންގަވާދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޑރ މުއިއްޒު ދެއްވިއެވެ. 

އެކަންކަން ހިއްސާކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އުފައްދާނީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިޖާބަދޭ ސަރުކާރެއް ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ރައްޔިތުން އެދޭގޮތަށް ކަމަށާއި، އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.