ގާސިމް ފެރިދޫއަށް ވަޑައިގެންނެވުން-- ފޮޓޯ/ ޖޭޕީ
ހަބަރު
28 Aug 2023 | 12:07
ވެރިކަމަށް ކުރިމަތިލީ ރައްޔިތުން ހަމަޖެހިލާނެ ފުރުޞަތު ދިނުމަށް: ގާސިމް

ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ހަމަޖެހޭނެ ފުރުޞަތުދެއްވާ ހަމަނޭވާލެވޭ ފުރުޞަތު ދެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް އއ. ފެރިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބްކުރައްވާ ގާސިމް ވިދާޅުވީ 1965 ވަނައަރު މިގައުމަށް މިނިވަންކަން ލިބުމާއެކު ބައިނަލް އަގްވާމީ މައިދާންނަށް ގައުމު ހުޅުވުނު ކަމަށާއި އޭގެ ކުރިން ދިވެހިރާއްޖެއަކީ ގިނަބަޔަކު ދަންނަބައެއް ނޫން ކަމަށެވެ.

ހާރިޖީ މިނިވަންކަން ލިބުއިރު، އެތެރޭގެ ސިޔާސީ މިނިވަންކަން ނެތުމުން ބަގާވާތްކުރުމާއި ސިޔާސީ ވާހަކަ ދައްކާ މީހުން އަދަގޮނޑި ޖެހުން ފަދަ ދާހިލީ އަޅުވެތިކަމުގައި ދިވެހިން ދުވަސްތައް ހޭދަކުރަމުންދިޔަ ކަން ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާއަޅުވީ އެމަނިކުފާނުވެސް އިސްކޮށް ހުންނަވާ ދާހިލީ އަޅުދާސްތުވުމުން މިންޖުވުމަށް ކުރިމަސައްކަތްތަކާއެކު ދިވެހިންނަށް ހިންދެމިލަން ފުރުޞަތު ލިބުނީ ގާނޫނުއަސާސީ އެކުލަވާލައި ހައްގުތައްކަށަވަރުވެ މަލްޓިޕާޓީ ސިސްޓަމުން ވެރިން އިންތިހާބު ކުރަން ފެށުމުން ކަމަށެވެ.

ގާސިމް ވިދާޅުވީ ގާނޫނުއަސާސީންނާއި މަލްޓިޕާޓީ ސިސްޓަމުން ދިވެހިންނަށް ލިބުނު ހައްގުތައް ނިގުޅާގަންނަން ވެރިކަމަށް އަންނަ ވެރިން މަސައްކަތްކުރާ ކަމަށާއި ތަރައްޤީވެފައިވާ މި ޒަމާނުގައިވެސް ވެރިން ޚުދުމުހުތާރުވުމަށް މަސައްކަތްކުރާ ކަމަށެވެ.

މިފަދަ ހާލަތެއްގައި އެމަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަންޖެހޭކަމަށާއި ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ހަމަޖެހޭނެ ފުރުޞަތުދެއްވާ ހަމަނޭވާލެވޭ ފުރުޞަތު ދިނުމަށްކަމަށް ގާސިމް ވިދާޅުވިއެވެ.

" އަޅުގަނޑަކީ އެއް އިރަކުވެސް ބޮޑު މަގާމެއް ހޯދަން މަސައްކަތް ކުރި މީހެއް ނޫން. އިސްލާހަށް މަސައްކަތް ކުރި މީހެއް. އަޅުގަނޑުގެ މުޅި ހަޔާތުގައި، އަޅުގަނޑަށް ވެވެން އޮތް ގޮތަކުން މަސައްކަތް ކުރަމުން އައީ. އައިސް، މުޅި ގައުމު، އަނގުރު އަލިފާނަށް ވެއްޓިގެން ދާތަން ފެނުނީމާ ބަލަން ނުހުރެވިގެން މި ނުކުތީ."

ގާސިމް އިބްރާހިމް 

މިއާއެކު ގާސިމް ވިދާޅުވީ ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލީ މިވެރިކަމުން އިންޑިއާ ސިފައިން ގެނެސް ގައުމުގެ ކަންކޮޅުގައި ވަޒަންވެރިކުރުވާ، އަމިއްލައަށް ލިޔެލި ސިޓީއަކުން ގައުމު ވިއްކާލުމުން ކަމަށެވެ.

އެހެންކަމުން ޑިސިޕްލިން މުޖުތަމައެއް ބިނާކުރުމަށާއި ދީނާ ގައުމުގެ އިސްތިގްލާލް ސަލާމަތްކޮށް، ގައުމާއި ރައްޔިތުން ހިމާޔަތްކުރުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ގާސިމް އެދުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.