ރައީސް ވަހީދު
ހަބަރު
28 Aug 2023 | 14:22
ރައީސް ކަމަށް އަންނަ މީހެއްގެ ކިބާގައި ތިން ސިފައެއް ހުންނަންޖެހޭ؛ އެ ތިން ސިފަ ގާސިމްގެ އެބަހުރި: ޑރ. ވަހީދު

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަ މީހެއްގެ ކިބާގައި މުހިންމު ތިން ސިފައެއް ހުންނަންޖެހޭ ކަމަށާ، އެ ހުރިހާ ސިފައެއްވެސް ގާސިމްގެ ކިބާގައި ހުންނެވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ޖުމްހޫރީ ޕާޓީން އަރިއަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އއ. ބޮޑުފޮޅުދޫގެ ރައްޔިތުންނާ މުހާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ޑރ މުޙައްމަދު ވަހީދު ވިދާޅުވީ އެމަނިކުފާނުވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ގާތްގަނޑަކަށް 2 އަހަރު ދުވަހު ހުންނެވި ކަމަށާ، އެއީ ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ. އަދި އެމަގާމުގެ މަސްއޫލިއްޔަތަކީ ކޮންމެ ކޮންމެ މީހަކަށް އަދާކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ވަހީދު ވަނީ ވެރިއެއްގެ ކިބާގައި ހުންނަންޖެހޭ މުހިންމު ތިން ސިފައެއް ވިދާޅުދެއްވާފައެވެ. 

"އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އަމާނާތްތެރިކަން. ރައްޔިތުންގެ މުދަލަށް، ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާނެ މީހަކު. ހިޔާނާތްތެތި ނުވާނެ މީހަކު." 

ޑރ. މުހައްމަދު ވަހީދު

ރައީސް ވަހީދު ވިދާޅުވީ، މިހާރު ފެންނަމުންދާ މަންޒަރަކީ ވެރިން، ރައްޔިތުންގެ ފައިސާގައި ޖެހި، އެ ފައިސާ އެމީހެއްގެ ގާތް ތިމާގެ މީހުންނާ، އެ ނޫން މީހުންނަށް، މިލިއަނުން ބިލިއަނުން ބަހަމުންދާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނެ މީހަކު ޚިޔާރު ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަހީދު ވަނީ އެ ސިފަ ގާސިމްގެ ކިބާގައި ހުރިކަމަށް ވިދާޅުވެފައެވެ. 

ދާދިފަހުން ނެރުނު ރިޕޯޓެއްގައި، ޖަޕާނުން ނެރުނު ރިޕޯޓެއްގައި، ވަރަށް މުއުތަބަރު ފަރާތަކުން މި ބުނަނީ، ދަރަނި ދަންތުރައިގެ ލިސްޓުގައި ހިމެނޭ ގައުމު ތަކުގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއޭ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއްނޫން. މިއީ ދުނިޔޭގެ މުއުތަބަރު ފަރާތްތަކުން މިބުނަނީ ދިވެހިރާއްޖެވެސް އެ ލިސްޓުގައި ހިމެނެއޭ. 

ޑރ. މުހައްމަދު ވަހީދު

ރައީސް ވަހީދު ވިދާޅުވީ، ދަރަނި ދަންތުރާގައި ޖެހިދާނެ ކަމަށް ބެލެވޭ ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ އިރު، އެކަމުން ސަލާމަތް ކޮށްދެވޭނެ މީހެއް ވެރިކަމަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ގާބިލުކަން ހުރީ ގާސިމް ގެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ބޮޑުފޮޅުދޫ ބައްދަލުވުނުގެ ތެރެއިން

ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އަންނަ މީހެއްގެ ގައިގައި ހުންނަންޖެހޭ މުހިންމު ތިން ސިފައެއް ހިމެނޭ ކަމަށާއި އެއީ އަމާނާތްތެރިވުމާއި، ވެރިކަންކުރުމުގެ ގާބިލްކަން ހުރުމާއި، ރައްޔިތުންނަށް ޚިދްމަތްކުރުމުގެ ރަގަޅު ރެކޯޑެއް ކަމަށެވެ.

މިއާއެކު ރައީސް ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަ މީހަކީ ހިތްހެޔޮ، މާޒީގައިވެސް ގައުމަށް ޚިދުމަތް ކޮށްދީފައިވާ މީހަކަށް ވާންޖެހޭ ކަމަށާ، ގާސިމްގެ ކިބާގައި އެ ސިފަ ވެސް ހުންނެވި ކަމަށެވެ. 

ވަހީދު ވިދާޅުވީ ރައްޔިތުންގެ ފައިސާގައި ނުޖެހި ހުރުމާއި، ގައުމަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތައްހައްލުކުރުމުގެ ގާބިލްކަމާއި ތަޖްރިބާ ހުރުމާއި، އަމިއްލަ އާމްދަނީ އިން ރައްޔިތުންނަށް ހިދްމަތްކޮށް އެކަމުގައި ދެމިހުރުމަކީ، ރައީސް ކަމަށް، އެންމެ ގާބިލް މީހަކީ ގާސިމްކަން ކަށަވަރުކޮށްދޭ ކަންކަން ކަމަށެވެ.

ކޮމެންޓް
1ސިފަ
ތިހާފުރިހަމަ މީހަކުރައްޔިތުން ކައިރީ އާދޭސް ނުކުރިއަސް ހޮވާދޭނެ… ނުރޮއި ދެން🙏
28 Aug 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.