މަޑިފުށީގައި ރައީސް ވާހަކަފުޅި ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
28 Aug 2023 | 14:27
ތަފާތު ޚިޔާލުތަކަށް ޖާގަ ދީ، ބިރުވެރިކަމެއް ނެތި ބަސްބުނުމުގެ ފުރުސަތު ދެވިއްޖެ: ރައީސް ޞާލިހު

ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން އެއްބުރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަޑިފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ ވަރަށް ބޮޑެތި ގޮންޖެހުން ތަކަކާއި އެކުގައި ކަމަށެވެ. އޭރުއޮތް ސަރުކާރުގެ ކަންކަން ހުރިގޮތުން ރައްޔިތުންގެ ހިތުގައި އެތައް ކަންބޮޑުވުންތަކަކާއި ބިރުވެރިކަމެއް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަނިޔާވެރިކަން އޭރު އޮތީ އިންތިހާއަށް ގޮސްފައި ކަމަށާއި، ސަރުކާރާއި ޚިޔާލު ތަފާތުވެ ބަސްބުނާމީހުންނާއި ދެކޮޅަށް އައީ ފިޔަވަޅުތައް އަޅަމުންކަމަށެވެ.

ރައީސް ވިދާޅުވީ އެދަތިތަކާއި އެކުވެސް ދިވެހިން ނުކުތީ އެކަން ބަދަލުކުރަން ކަމަށާއި، ގާތްގަނޑަކަށް މުޅި ރާއްޖެ ނުކުމެ ބޮޑު ތަފާތަކުން އެދުވަހު ވަނީ އެކަން ބަދަލުކޮށްފައި ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އޭރު ރައްޔިތުން ބޭނުންވީ އެއަނިޔާވެރިކަމާއި އެބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލަން ކަމަށާއި، އޭރު ރައްޔިތުން ނިންމެވި ނިންމެވުމާއި އެކު މަސައްކަތް ފަށައިގަތް ކަމަށެވެ. މީގެކުރިން ފާއިތުވި އަހަރުތަކާއި މި ފަސްއަހަރާއި އަޅައި ބަލާއިރު ރާއްޖޭގައި ހަމަޖެހުން ޤާއިމް ކުރެވިއްޖެ ކަމަށާއި ސުލްޙަ ޤާއިމް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއާއި އެކީގައި ތަފާތު ޚިޔާލުތަކަށް އަޅުގަނޑުމެންނަށް ޖާގަ ދެވިއްޖެ، ބިރުވެރިކަމެއް ނެތި ބަސްބުނުމުގެ ފުރުސަތު ދެވިއްޖެ، އަދި ވެރިކަމެއް ކުރުމުގައި ސަރުކާރަށް ފާޑު ކިޔުމަކީ ސަރުކާރުން ކުރާ ކަންތައްތަކަށް ޚިޔާލު ފާޅު ކުރުމަކީ އެއީ މައްސަލައެއް ކަމަށް ނުވެ މިހާރު ސަރުކާރު އެބަ ހިންގޭ، އެފުރުސަތު މިއަދުވެސް އެބައޮތް" 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކަންކުރަމުން ގެންދާނީ އެގޮތައް ކަމަށެވެ. ރައީސް ވިދާޅުވީ މިއަދު މިފެންނަ ތަރައްޤީ ގެނެވުނީ އެގޮތައް ފުރުސަތު ދީގެން ކުރިއަށް ދިއުމުން ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑްއާއި ގުޅިގެން ޕްރޮޖެކްޓްތަކަށް ލަސްކަމެއް އައި ނަމަވެސް ވެވަޑައިގެން ވަޢުދުތަކުގެ 90 ޕަސެންޓް ވަނީ ފުރިހަމަވެފައި ކަމަށެވެ. އަދި އެއީ ރަނގަޅު "އެޗީވްމެންޓެއް" ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

 ދެން ކުރިއަށް އޮތީ އޭރު ފެށި މަސައްކަތްތައް މުޅިން ނިންމާލުން ކަމަށާއި، އަދި އެއާއި އެކު އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި ދެން ކުރަންޖެހޭ މަސައްކަތްތައް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ކުރެވޭނީ ކުރިއަށް އޮތް ދައުރުގައިވެސް މިސަރުކާރަށް ފުރުސަތު ދެވިގެން ކަމަށާއި، އެހެން ނޫންނަމަ އަނެއްކާވެސް ވަރަށް ބޮޑުތަނުން  މިޤައުމު ފަހަތަށް ހިނގައިދާނެ ކަމަށެވެ.

"އަޅުގަނޑު ކެމްޕޭނުގައި ކުރަމުން މިގެންދާ ދަތުރުގައި ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް، ރާއްޖޭގެ ރައްޔިތުން އެދުވަހުގެ މަތިން ހަނދާން އެބަހުރި، އެފަސްއަހަރު ތަހައްމަލް ކުރި ވޭނާއި ކެކުޅުން، ކުރަން ޖެހުނު އާދޭހާއި އަދި އޭގެ ފަހުން އަޅުގަނޑުމެން ކުރަމުންމިގެންދިޔަ މަސައްކަތްތައް"  

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އިރާދަކުރެއްވިޔާ މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން އެއްބުރުން ކަމަށެވެ.

ރައީސްގެ ތ.އަތޮޅު ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގަތީ ތ.މަޑިފުއްޓަށެވެ. އަދި މިހާރު ވަނީ ލ.އަތޮޅަށް ދަތުރުފުޅު ފައްޓަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.