ޝަހީދު ހުސެއިން އާދަމްގެ އާއިލާއަށް ރައީސް ޞާލިޙް ތަޢުޒިޔާ ދަންނަވައިފި

28 Aug 2023 | 22:11

ޝަހީދު ހުސެއިން އާދަމްގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޝަހީދު ހުސެއިން އާދަމްގެ އާއިލާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކުކަމަށެވެ.

މީގެ އިތުރުން މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ކިޔާކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

1988 ވަނަ އަހަރު ޝަހީދުވި ހުސެއިން އާދަމް ޝަހީދު ވެފައިވަނީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަރައި ސިފައިންގެ މައި މަރުކަޒު ހިފަން އުޅުމުން އެމަރުކަޒު ދިފާޢު ކުރުމަށް ހަމަލާބަދަލު ކުރަމުން ދަނިކޮށެވެ.

ހުސެން އާދަމްއަކީ އެނާގެ މަންމައާއި ބައްޕަގެ ދޮއްޓަށް ހުރި ހަތަރު ވަނަ ދަރިކަލުންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement