ޑރ ޝަހީމު ވިލިގިލީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Aug 2023 | 09:42
ސުނާމީއަށް 10 އަހަރުވީއިރު ހައްލު ނުވި ބޯހިޔާވަހިކަމުގެ މައްސަލަ ޔާމިނު ހައްލުކުރީ 100 ދުވަހުން: ޑރ ޝަހީމު

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދަވާދެއްވީ ކުރީގެ ރައީސް  ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކަމަށާއި، އެ ވެރިކަމުގައި އެކަން ކޮށްދެއްވީ އެންމެ 100 ދުވަސްތެރޭގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޑރ ޝަހީމު މިފަދައިން ވިދާޅުވެފައިވަނީ ގއ ވިލިގިލީގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ޝަހީމު ވިދާޅުވީ ގއ އަތޮޅަކީ ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކުރި އަތޮޅެއްކަމަށެވެ. އަދި އެ ކާރިސާއަށްފަހު ހާލުގައި ޖެހުނު މީހުންތަކެއް އުޅެމުން އައިސްފައިވާ އަތޮޅެއްކަމަށެވެ. ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތީ ސުނާމީ ކާރިސާއަށް 10 އަހަރަށް އޮއްވައެވެ. އޭރު ވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ ފަރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅެމުން ދިޔަކަން ޑރ ޝަހީމު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގައި ސުނާމީގައި ހާލުގައި ޖެހި، ގެދޮރުގެ ދަތިކަން ދިމާވެފައިވާ ފަރާތްތައް ބަލައި، އެ މައްސަލަ 100 ދުވަސްތެރޭ ޙައްލުކުރުމަށް، އެމަނިކުފާނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒަށް އެންގެވިކަމަށެވެ. 

އެއާއެކު ރައީސް ދެއްވި އެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ޙައްލުކޮށް ސުނާމީގައި ހާލުގައި ޖެހި ރައީސް ޔާމިނުގެ ވެރިކަމާއި ހަމަޔަށް އައިރު ގެދޮރަށް ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް އެންމެ 100 ދުވަސްތެރޭ ބޯހިޔާވަހިކަން ފޯރުކޮށްދީ އެ މައްސަލައަށް ދާއިމީ ޙައްލު ހޯއްދަވާދެއްވިކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. އަދި އެކަން ކުރެއްވީ ރައީސް ޔާމިނުގެ އެންގެވުމަށް ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވާ ޑރ މުއިއްޒުކަން ޑރ ޝަހީމު ފާހަގަކުރެއްވި އެވެ. 

ޑރ މުހައްމަދު ޝަހީމު އަލީ ސައީދު 

"ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ގެދޮރުގެ މައްސަލަ، ވަރަށް ބޮޑަށް ލަސްވެފައި އޮތްކަމެއް އެއީ. 10 ވަރަކަށް އަހަރު ލަސްވެފައި އޮތްކަމެއް އެއީ. ޑރ މުއިއްޒަށް ރައީސް އެންގެވީ 100 ދުވަސްތެރޭ މިކަން ޙައްލުކުރަން ޖެހޭނެއޭ. ހުރިހާ ގެދޮރާއި ބެހޭ މައްސަލަތައް އެ ވިދާޅުވި މުއްދަތުގެ ތެރޭގައި ހައްލުވެގެން ދިޔައީ"

ޑރ މުހައްމަދު ޝަހީމު އަލީ ސައީދު 

ޑރ ޝަހީމު ވިދާޅުވީ ސުނާމީ ކާރިސާގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް ރައީސް ޔާމިނުގެ ޒައާމަތުގައި، ޑރ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޙައްލު ހޯއްދަވާދެއްވި ގޮތުގެ މިސާލު ނެންގެވީ މާޒީގައި ހިނގާފައިވާ ކަންކަމުގެ ވާހަކަތައް ތިލަކުރުމުގެ މަގްސަދުގައި ނޫން ކަމަށެވެ. 

އެހެން ނަމަވެސް އެއީ އިބުރަތް ހާސިލްކުރަން ޖެހޭފަދަ ވާހަކަތަކެއްކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

ރައީސް ޔާމިނުގެ ޒައާމަތުގައި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވުނީ ތައުލީމީ ކެބިނެޓަކާއި އެކު، ކަންކަން ކުރައްވާނެ ގޮތް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވާ ސަރުކާރު ހިންގެވުމުގެ މަސައްކަތް ކުރެއްވުމުންކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

އެހެން ކަމުން އަލުން އަނބުރާ އެފަދަ ޒައާމަތެއް އިޔާދަކުރުމަށް ރައްޔިތުން ބުރަކޮށް މަސައްކަތްޕުޅު ކުރެއްވުމަށް ޑރ ޝަހީމު ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.