ޑރ މުއިއްޒު ވިލގިލީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Aug 2023 | 09:58
ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށް، ވިލިނގިލީގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނަން: ޑރ.މުއިއްޒު

އިންޓަނޭޝަނަލް 2 އެއާޕޯޓު ތަރައްގީކޮށް ހުވަދު އަތޮޅަކީ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނަމަށް ހަދައި، 10000 ޓުއަރިސްޓު އެނދު ހުވަދޫގައި ތަރައްގީކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހުވަދު އަތޮޅަށް އެމަނިކުފާނު ކުރެއްވި ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި، ގއ ވިލިގިލީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި، މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީގެ ޒޯނުތަކެއް ހެދުމަށް ނިންމާފައިވާއިރު، ދެކުނުގައި އެ ޒޯނު ކަނޑައަޅާނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅު ހިމެނޭގޮތަށް ކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެ ޒޯނުތައް ވެގެންދާނީ އިގްތިޞާދީ، އިޖްތިމާއީ އަދި އުމުރާނީ ތަރައްގީގެ އެންމެ މަތީ ފަންތީގެ ފެސެލިޓީސްތައް ގާއިމްކުރެވިފައިވާ ޒޯނުތަކަކަށް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި، އެ ޒޯނުގައި ހިމެނޭ ގއ އަދި ގދ އަތޮޅަކީ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނަކަށް ހަދައި ހުވަދުއަތޮޅުގައި 10000 ޓުއަރިސްޓު އެނދު ގާއިމްކުރައްވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ގއ ވިލިގިލީގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

"މި އަތޮޅަށް (ހުވަދު އަތޮޅަށް) ޓުއަރިޒަމް ގެނައުމުގައި މިހާރަށްވުރެ ޓުއަރިޒަމް ފުޅާކުރުމުގެ ފުރުސަތު އިންތިހާއަށް އެބޮތް. 10000 އެނދުގެ އެކްސްޕެންޝަންއެއް ގެނައުން އަޅުގަނޑުމެންގެ ޕްލޭނުގައި އޮތީ، އޭގެ ތެރޭގައި އިންޓަގްރޭޓެޑް ޓުއަރިޒަމް އަދި ލޯކަލް ޓުއަރިޒަމް ހިމެނޭ"

ޑރ މުހައްމަދު މުއިއްޒު 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރާއިރު، އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަކީ ވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

އެކަން ކުރުމަށްޓަކައި ގދ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ އިތުރުން، މިހާރު ކޫއްޑޫގައި މި އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ވިިލިގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.  

ގއ ވިލިގިލީގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

"އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭނުގައި އެކަން އޮތް ގޮތަކީ މިހާރު ކޫއްޑޫގައި މި އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ވިލިގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީ މިއޮތް އެކަފަރު ހިމެނޭގޮތަށް ވިލިގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އެޅުން"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ އެއާޕޯޓާއެކު ހުވަދުއަތޮޅުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ބޮޑު މަޝްރޫއެއް ވެސް ހިނަގަވާނެ ކަމަށެވެ.   

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެ އިއުލާނުކުރެއްވި ޕްލޭނަކީ ރައީސް ޔާމިނުގެ ތަސައްވުރުކަމަށެވެ. އެމަނިކުފާނު ވަނީ މީގެކުރިން މިފަދައިން ވައުދުވެވަޑައިގެންފައި ކަމަށެވެ. އަދި އެކަން ކުރައްވާނެ ގޮތް ވެސް ކަނޑައަޅުއްވާފައި ކަމަށެވެ. 

އެހެންކަމުން އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަދި އެއީ ހަމަ ހުރެފައި ދައްކަވާ ވާހަކަތަކެއް ވެސް ނޫންކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އިތުބާރުކުރައްވާ ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ފުރުސަތު ދެއްވުން ކަމަށެވެ. 

އެ ފުރުސަތު ދެއްވައިފިނަމަ ވައުދުތައް ފުއްދަވާ ރައްޔިތުން ބޭނުންވާ ތަރައްގީ ރާއްޖެއަށް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.