އަބްދުއްރަހީމް ގއ ވިލިގިލީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Aug 2023 | 10:23
ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއް ހިނގާނީ ރައީސް ޔާމީނުގެ ލަފާފުޅާއި އެއްގޮތަށް: އަބްދުއްރަހީމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް-ޕީއެންސީ ކޯލިޝަން) ގެ ވެރިކަމެއް ހިނގާނީ ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅާއި އިރުޝާދާއި އެއްގޮތަށްކަމަށް، އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން އެކަހެރިކުރައްވާނެ ކަމަށް، ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވިލިގިލީގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ރައްދުދެއްވާ ވާހަކަފުޅުދައްކަވަމުން ނެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އެ މޭރުމުން ބައެއް ބޭފުޅުން ވާހަކަދައްކަވަމުން ދަނީ ރައީސް ޔާމިނާއި ޑރ މުއިއްޒާއި ޖައްސާ، އެ ދެބޭފުޅުންގެ ގުޅުމަށް ބުރުއެރުވުމުގެ ނިޔަތުގައި ކަމަށެވެ. 

އެހެން ނަމަވެސް އެއީ އެ ފަރާތްތަކުން ކުރައްވާނެ ވަރަށް ބޭކާރު މަސައްކަތްޕުޅެއް ކަމަށާއި، ޑރ މުއިއްޒާއި ރައީސް ޔާމިނާއި ދެބޭފުޅުން ސިޔާސީގޮތުން ޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނަކީ ކޮން ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ޚިދުމަތަށް މި ގައުމު ބޭނުންވެފައިވާ މިންވަރު ޑރ މުއިއްޒަށް ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވާ ކޮންމެ ފަހަރަކު ރައީސް ޔާމީނުގެ ޚިދުމަތުގެ ހަނދާންތައް އާކުރައްވާ، އެމަނިކުފާނު މިނިވަންކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ޑރ މުއިއްޒު ދެއްވަނީ ރައީސް ޔާމިނުގެ މުހިންމުކަން އެނގިވަޑައިގަންނަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ވާހަކައާއި ގުޅުވާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއް ހިނގާނީ ރައީސް ޔާމިނުގެ ލަފާފުޅާއި އިރުޝާދާއި އެއްގޮތަށް ކަމަށެވެ. ޑރ މުއިއްޒުގެ ވެރިކަމުގައި ވެސް އެކަން ހިނގާނީ އެ އުސޫލުންކަން އޭނާ ފާހަގަކުރެއްވި އެވެ. 

ގއ ވިލިގިލީގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

"އަޅުގަނޑު މި ދަންނަވަނީ ޑރ މުހައްމަދު މުއިއްޒާއި ރައީސް ޔާމިނާއި ޖައްސަން، އެއްގޮތަކަށް ވެސް މަސައްކަތް ކުރައްވާނެ ކަމެއް ނެތް. ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް ހިނގަމުންދާނީ ރައީސް ޔާމިނުގެ ލަފާފުޅާއި މަޝްވަރާއާއި އެކީގައި"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ކުރައްވާއިރު، ބައެއް ފަރާތްތަކުން ޑރ މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަބުރުފުޅަށް ހުތުރުވާގޮތަށް ދައްކަވަމުންދާ ވާހަކަތަކަށް ވެސް އަބްދުއްރަހީމް ވަނީ ރައްދުދެއްވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ، އެފަދައިން އެ ވާހަކަތައް ދައްކަވަނީ އިންތިޚާބުން ބަލިވާނެކަން ޔަގީންކުރެވޭތީ ކަމަށެވެ. އެހެން ނޫން ނަމަ، އެހެން ސިޔާސީ ޕޯޑިއަމްތަކުގައި ޑރ މުއިއްޒުގެ ވާހަކަ ދައްކަވަން ޖެހިވަޑައިނުގަތީސްކަމަށް އަބދުއްރަހީމް ވިދާޅުވި އެވެ. 

އޭނާ ވަނީ އިންތިޚާބުގައި ބާކީ މިއޮތް މަދު ދުވަސްކޮޅު ޑރ މުއިއްޒުގެ އަބުރުފުޅު ކަތިލުމަށް ވާހަކަދެއްކެވުމުގެ ބަދަލުގައި، ކެމްޕޭނު ކުރައްވާ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.