ހަބަރު
29 Aug 2023 | 10:31
މާލެ ސިޓީގައި ތަރައްޤީވެފައިވާ ސިޓީއެއްގައި ހިމެނޭ ހުރިހާ އަސާސީ ކަންކަމެއް ފުރިހަމަ ކުރެވިއްޖެ: ޝައުނާ

މާލޭ ސިޓީގައި ތަރައްޤީވެފައިވާ ސިޓީއެއްގައި ހިމެނޭ ހުރިހާ އަސާސީ ކަންކަމެއް ފުރިހަމަ ކުރެވިއްޖެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ މާލޭގައި ރޭ ހުޅުވި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

 ޝައުނާ ވިދާޅުވީ ކުނި މެނޭޖުކުރުމަށް މި ސަރުކާރުން ތިލަފުށީގައި ހިންގަމުން އަންނަ ވޭސްޓް މެނޭޖުމަންޓުގެ ބޮޑު ޕްރޮޖެކްޓަކީ މި ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރަކުން މިހާތަނަށް ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެ މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަފުށީގައި ކުރަމުން އަންނަ މަސައްކަތަކީ އާންމުންނަށް ނުފެނުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން މާލެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސަރުކާރަކުން މިހާތަނަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، ފުރިހަމަ ހައްލުކަން ފާހަގަ ކުރައްވާކަމަށް ޝައުނާ ވިދާޅުވިއެވެ.

މާލޭގައި ކުނި ވަކިކޮށްގެން އުކާލުމަކީ އުނދަގޫ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ފަރުދީ ފެންވަރުގައި އާންމުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަން ޖެހޭ މުހިންމު ހުރިހާ ޔުޓިލިޓީ ހިދުމަތެއް މިރޭ މާލެ ސިޓީގައި މި ގާއިމްވެ ނިމުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ބޭނުމަށް ވެމްކޯ ސައިޓުގައި ވަނީ ދެ އިމާރާތެއް ހަދައިފަ އެވެ. އެއީ ކުނި ޖަމާކުރަން ހެދި ތިން ފްލޯގެ އިމާރާތަކާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި ވެމްކޯ އަދި އީޕީއޭ ހިންގަން ހެދި ހަތް ބުރީގެ އޮފީސް އިމާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.