ޑރ މުހައްމަދު މުއިއްޒު
ހަބަރު
29 Aug 2023 | 10:10
ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވާނީ ހުރިހާ ޒުވާނުންގެ އަޑު އަހާ ސަރުކާރަކަށް: ޑރ މުއިއްޒު

ހަމަ އެކަނި ކޮންވެންޝަނަލް ކުޅިވަރުތަކަށް ގާއިމްކޮށްދޭ ވަސީލަތްތަކަކުން ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ގާއިމްކޮށް ނުދެވޭނެކަމަށާއި ޕީޕީއެމް/ޕީއެންސީގެ ގެ ސަރުކާރެއް ވާނީ ހުރިހާ ޒުވާނުންގެވެސް އަޑު އަހާ ސަރުކާރެއްކަމުގައިކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގއ ވިލިނގިލީގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ކޮންވެންޝަނަލް ކުޅިވަރުތައް ފިޔަވައި އެހެން ކުޅިވަރުތައް ކުޅޭ ވަރަށް ގިނަ އުމުރުގެ ޒުވާނުން އުޅޭކަމަށާއި އެ ކުޅިވަރުތަކަށް ވަރަސް ބޮޑު ކޮމިއުނިޓީއެއް އޮތް ކަމުގައެވެ. 

އެހެންކަމުން ތަރައްގީކުރެވޭ ފުޓްސަލް ދަނޑަކާއި ނުވަތަ ހޭންޑްބޯލް ކޯޓަކުން ނިންމާލުމުން މި މުޖުތަމައުގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބާކީވެގެންދާކަން ފާހަގަކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ، މިހާތަނަށް އައި އިރު އެ ޒުވާނުންގެ އަޑު އަހާނެ ސަރުކާރެއް އަދި ނާންނަ ކަމަށެވެ. 

އެހެން ނަމަވެސް އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރެއް ވާނީ ހުރިހާ ޒުވާނުންގެ އަޑު އަހާ، އެ ހުރިހާ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކޮށްދޭނެ ސަރުކާރަކަށް

ޑރ މުހައްމަދު މުއިއްޒު

މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރޭސިންގ އަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ އަދި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުން އަންނަ ކުޅިވަރެއް ކަމަށާއި އެހެން ކަމުން އެމަނިކުފަނުގެ މެނިފެސްޓޯގައި މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އުރުތާއި ދެކުނު މި ތިން ސަރަހައްދުގައިވެސް މި ކުޅިވަރުތައް ކުރިއަރުވާނެ ވަސީލަތްތައް ގާއިމްކުރުމަށް ކަނޑައަޅާއިފައިވާނެ ކަމަށެވެ. 

މީގެ އިތުރުން އީ ސްޕޯޓްސް ކުރިއެރުވުމަށްޓަކައި އެ ކުޅިވަރުތަކަކީ ގައުމީ ފެންވަރުގައި ބަލައިގަންނަ ކުޅިވަރުތަކެއްގެ ގޮތުގައި އެ މަނިކުފާނުގެ ސަރުކާރެއްގައި ހައްދަވައި ދެއްވާނެކަމުގައި މުއިއްޒުވަނީ ވިދާޅުވެފައެވެ. 

ރިޔާސީ ކެމްޕެއިންގައި އަތޮޅުތެރޭގެ ރަށްރަށަށް ޑރ މުއިއްޒުއާއި ކެމްޕެއިން ޓީމުން ކުރަމުންދާ ދަތުރުތަކުގައި ބޮޑު ތަރުހީބެއް އެފަރާތްތަކަށް އަންނަނީ ލިބެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.