މުންޑޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
29 Aug 2023 | 15:33
މިނިވަންކަން ދެމިއޮންނާނީ ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ޚިދްމަތް ދިނީމާ: ރައީސް ޞާލިޙް

ދިވެހި ދައުލަތް މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި މިނިވަން ކަމާއި ހަމަހަމަކަމާއި އެކު އުޅެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމަނިކުފާނު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު މުންޑުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ސިޔާސީ ލީޑަރަކުވެސް ދައްކަވަނީ ޤައުމު މިނިވަންކަންމަތީ ދެމެހެއްޓުމުގެ ވާހަކަކަމަށެވެ. އަދި ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެ އަބަދުވެސް މިނިވަންކަން މަތީ ތާއަބަދަށް ދެމި އޮންނަން ކަމަށާއި، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނަނީ ކީއްވެގެންތޯއާއި އެތަނެއްގައި ދިރިއުޅޭ ބަޔަކު އެބައެޅެން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ރައްޔިތުންނަކީ މިނިވަންކަމާއެކީގައި އުޅެވޭ ބަޔަކަށް ވާން އެބަޖެހޭ، އެންމެ އިސްކަމެއް ދޭން ޖެހޭނީ ދައުލަތަކުން އެދައުލަތެއްގެ ރައްޔިތުންނަށް، އެއީ މިނިވަންދައުލަތެއްގެ ގޮތުގައި ރާއްޖެ ބާއްވަން ބޭނުން ކަމަށްވަންޏާ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ މިރާއްޖޭގައި މިއުޅޭ ރައްޔިތުންނަށް މިނިވަން ކަމާއެކީގައި ހަމަހަމަ ކޮށް އުޅެވޭނެ ގޮތް ހަދައިދޭން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ ރައްޔިތުން ކަމަށާއި ރައްޔިތުންނަށް ޚިދްމަތްކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް މިނިވަންކަންމަތީގައި އުޅެވޭނެ ގޮތް ހަދައިދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އެބަޔަކު ދިރިއުޅެން ބޭނުންވާ ރަށެއްގައި މަޖުބޫރު ކަމެއްނެތި، ދައުލަތުން ފޯރުކޮށްދޭން ޖެހޭ ޚިދްމަތްތައް ހަމަހަމަކޮށް އެބަޔަކަށް ފޯރުކޮށްދިނުންކަމަށެވެ.

"އޭރުން ޤައުމެއްވެސް އޮންނާނީ، އޭރުން މިނިވަން ޤައުމެއްވެސް އޮންނާނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ބާއްވާށޭ، އަޑަށް ބާރުލާފަ ބުނެވިދާނެކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މިދެންނެވި ކަންކަން ކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިތުގެ އަޑިން މިކަން ޤަބޫލުކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމަހަމަކަން ނުހިފެހެއްޓޭނަމަ ދުނިޔޭގެ އެއްވެސް ޤައުމެއް ނޯންނާނެ ކަމަށާއި، ޤައުމުތަކުގައި ދާޚިލީ ހަނގުރާމަތައް ފެށެނީވެސް ރައްޔިތުންގެ މެދުގައި ތަފާފުކުރުންތައް ގެންގުޅޭތީ ކަމަށެވެ.

"އިރާދަކުރެއްވީތީ އަޅުގަނޑުމެންނަކީ އެއް ނަސްލެއް އެއް ދީނަކަށް ނިސްބަތްވާ ބައެއް، އެހެންވީމަ ބައެއް އެހެން ޤައުމުތަކުގައި ހުންނަ ތަފާތުތަކެއް ނެތް، އެކަމަކުވެސް ރައްޔިތުންނަށް ޚިދްމަތް ދިނުމުގަ ސަރުކާރުތަކުން އެބަހުރި ތަފާތުކުރުން ތަކެއް، އެކަން ނައްތާލަން އަޅުގަނޑުމެން މިއުޅެނީ" 

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް

މުންޑުއަށް ރައީސް ޞާލިޙް ވަޑައިގަތުމުން އެރަށުގެ ގިނަ ބަޔަކުވަނީ އެމަނިކުފާނަށް މަރުޙަބާ ކިޔައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.