މާވަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
29 Aug 2023 | 20:10
އަންނަ ދައުރުގައި ލާމު އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅާނަން: ރައީސް ޞާލިހު

މިހާރު މިފެންނަ ތަރައްޤީ ގެނެވިފައި މިވަނީ އަމާޒަކަށް ރައްޔިތުންނަށް ޚިދްމަތްކުރުން ހަދައިގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ލ.މާވަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ 2018ގެ އިންތިޚާބަށް ނުކުމެ ވަޑައިގަތީ އޭރުއޮތް އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ގެންދިޔުމަށް ކަމަށެވެ. އަދި މިއަދު ދިވެހިން މިދެކޭ ހެޔޮ ބަދަލު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުނީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ނުވަދެ، އަމާޒަކީ ރައްޔިތުންނަށް ޚިދްމަތް ކުރެއްވުން ކަމަށް ހެދުމުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި މިއަދު ޚިޔާލު ފާޅު ކުރުމާއި ޝުޢޫރުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަން އެބައޮތް ކަމަށާއި އެއީ އެއްވެސް މައްސަލަ އެއް ނޫން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފާއިތުވި ފަސް އަހަރު ކުރެވުނު މަސައްކަތުން މިފާއިތުވި ފަސްއަހަރަކީ ފަހުގެ ތާރީޚުގައި އެންމެ އަމާން ފަސް އަހަރުކަމަށް ހެއްދެވުނު ކަމަށެވެ. އަދި ފުލުހުން ބަލަހައްޓާ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ކުރީގެ ވެރިކަން ތަކާއި އަޅާ ބަލާއިރު މިފާއިތުވި ފަސްއަހަރު ކުށްތައް މަދުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިޢަދަދުތަކަށް ބެލުމުން އެނގިގެންދަނީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި ކޮންމެވެސް ކަންތައްތަކެއް ކުރެވިފައިވާ ކަން ކަމަށެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު މިދަނީ އޭރު ދުށް ޖަޒީރާ ރާއްޖޭގެ މަންޒަރު ފުރިހަމަވަމުން ކަމަށާއި ކުރިއަށް ދެންއޮތީ އުފާވެރި އަމާން ރާއްޖެއަކަށް ކުރާ ދަތުރު ކަމަށެވެ.

އަދި އެކަމަށްޓަކާ ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެއްތަނުން އަނެއް ތަނެއް ފަސޭހައިން ދަތުރުކުރުމާއި، ސިއްޚީ ޚިދްމަތް ގާތުން ލިބުން، ރަށުން ތަޢުލީމު ލިބުން ފަދަ ކަންކަން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށްއޮތް ފަސް އަހަރު ލާމު އަތޮޅުގެ ދެކުނުގައި އެއަރޕޯޓެއް އަޅުއްވާނެ ކަމަށާއި، މާވަށު ރައްޔިތުން އެދިލައްވާ އައިސްޕްލާންޓްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތާއި، އައު ވޮލީކޯޓެއް އެޅުމުގެ މަސައްކަތާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހައުސިންގ ސްކީމްއެއްގެ ދަށުން ރޯހައުސް އެޅުމުގެ މަސައްކަތާއި، ސިއްޚީ މަރުކަޒު ތަރައްޤީކޮށް އެތަނުން ލިބޭ ޚިދްމަތްތައް ޒަމާނީފެންވަރަށް ބަދަލުކުރުމުގެ މަސައްކަތާއި މާވަށު ރައްޔިތުން އެދޭ ވަރަށް ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް  އޮތް ފަސް އަހަރު ދުވަސްތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.