ލ.ފޮނަދޫގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
30 Aug 2023 | 12:47
އަޅުގަނޑުމެން މިގެންދަނީ ވަރަށް 'ކޫލް' ކެމްޕޭނެއް: ރައީސް ޞާލިޙް

ލ.އަތޮޅުން ފެންނަނީ އުފާވެރި މަންޒަރެއް ކަމަށާއި ލ.އަތޮޅުއޮތީ އެއްބުރުން ކާމިޔަބުކުރަން ތައްޔާރަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ލ.އަތޮޅަށް ކުރައްވަމުން ގެންދެވި ކެމްޕޭނު ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ލ ފޮނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

"ލ.އަތޮޅުގެ ހުރިހާ ރަށަކަށް ގޮސް އެރަށްރަށުގެ ރައްޔިތުންނާއި އަޅުގަނޑަށް ބައްދަލުކުރެވިއްޖެ، އަޅުގަނޑަށް ފެންނަނީ ވަރަށް އުފާވެރި ހިތްހަމަޖެހޭ މަންޒަރެއް، މިއަތޮޅުވެސް އިރާދަކުރެއްވިއްޔާ އޮތީ އެއްބުރުން މިކަން ކާމިޔާބު ކުރަން ތައްޔާރަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ގެ ވާހަކަފުޅުގައި ވަނީ 2018ގެ ކެމްޕޭނުގައިނ ފޮނަދުއަށް ވަޑައިގަތުމުން އޭރުގެ ސަރުކާރުގެ ސަޕޯޓަރުން އެމަނިކުފާނުގެ ކެމްޕޭނަށް ހުރަސްއެޅި ދުވަހުގެ ހަނދާން އައު ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެދުވަހު ހިތްޕުޅަށްއަރައި ވަޑައިގަތީ އެކަން ބަދަލުކުރަން ވާނެ ކަން ކަމަށެވެ. ރައީސް ވިދާޅުވީ އޭރާއި ޚިލާފަށް މިހާރުވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހުޅުވައިލެވިފައިކަމަށެވެ.

އަދި ސިޔާސީ ހަރަކާތް ހިންގޭނެ ކަމަށާއި ބަސް ބުނެވޭނެ ކަމަށާއި މުޒާހަރާވެސް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެންނަށްވެސް އޮތީ އެފުރުސަތު ހުޅުވައިލެވިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއިން ގިނަ ރަށްރަށުގަ ގިނަވާނީ އެމްޑީޕީ މެޖޯރިޓީ، ބޭނުންނަމަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަން ހުންނާނެ، އެކަމަކު އަޅުގަނޑުމެން މިގެންދަނީ ވަރަށް ކޫލް ކެމްޕޭނެއް، އިރާދަކުރެއްވިއްޔާ މިގެންގޮސް އަޅުގަނޑުމެން ނިންމާނީ އެގޮތައް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ތަރައްޤީ ގެނައުމުގައި އިސްކަންދެނީ އެމްޑީޕީގެ ތަރުޙީބު އޮންނަ މިންވަރު ބަލާ ތަރުތީބުން ނޫން ކަމަށާއި، ކައުންސިލްތަކުން އެދޭ ތަރުތީބުން ކަމަށެވެ. އަދި ރަށްރަށަށް ތަރައްޤީ ގެންނަވަނީ ހަމަހަމަ ކަމާއި އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ލ.އަތޮޅަށް ކުރައްވަމުން ގެންދެވި ކެމްޕޭނު ދަތުރުފުޅުގައި ރައީސް އެންމެ ފަހުން ވަޑައިގަތީ ލާމުގެ ވެރިކަން ކުރަ ފޮނަދޫއަށެވެ. ލ.އަތޮޅުގެ ގިނަ ރަށްތަކުން ފެނިގެން ގޮސްފައިވަނީ ރައީސް ޞާލިޙަށް ތާއީދު އޮތް މަންޒަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.