ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
30 Aug 2023 | 12:53
އެއްވެސް މެމްބަރަކު އަނބުރާ ޕާޓީއަށް ގެނައުމަށް ރިޝްވަތެއް ނުދެން: ރައީސް ޞާލިޙް

އެމްޑީޕީ އިން ވަކިވެގެން ދިޔަ އެއްވެސް މެމްބަރަކު އަނބުރާ ޕާޓީއަށް ގެނައުމަށް އެއްވެސް ބާވަތެއްގެ ރިޝްވަތެއް ނުދެއްވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ހައްދުން މައްޗަށް ކުރެއްވެވި ކެމްޕޭނު ދަތުރުފުޅު ނިންމާލައްވައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގައިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ހަމަގައިމުވެސް އެއްވެސް މިންވަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުޢާމަލާތެއް އަދި ރިޝްވަތެއް ތި ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ދޫކުރައްވައި ދިޔުމަށްފަހު އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގަތް ފަރާތަކުން އެމްޑީޕީ އާއި ގުޅިވަޑައިގަތީ އެބޭފުޅެއްގެ ދާއިރާގެ ތަރައްޤީ އޮތީ އެމްޑީޕީއާއި އެކީގައި ކުރިއަށް ގޮސްގެން އެބޭފުޅުންނަށް ޤަބޫލުކުރެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވި ބޭފުޅުން ވަޑައިގަތީ އެބޭފުޅެއްގެ ދާއިރާގެ ރައްޔިތުންގެ އެދުމާއި ޝުޢޫރާއި އެއްގޮތައް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ އިހްސާސާއި ޝުޢޫރާއި އެއްގޮތައް ޢަމަލުކުރައްވަން ޖެހޭ ބައެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހަޤީޤީ މެމްބަރުންގެ ގޮތަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ހައްދުން މައްޗަށް ރައީސް އާއި އެމަނިކުފާނުގެ ޓީމުން ހައްދުންމަތީ ދަތުރު ނިންމަވާލައްވައި މިހާރު ވަނީ މާލެ ވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.
11 Jul 2026
ވަރލްޑްކަޕް ސެމީގައި ސްޕެއިން ނިކުންނާނީ ފްރާންސާ ދެކޮޅަށް
ގަދަ ހޫނުގައި ކުޅުނު މިމެޗްގެ ތަރިއަކަށްވީ މެރިނޯއެވެ.
11 Jul 2026
އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން ރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.