ސީރިޔާގައި ބިނާކޮށްފައިވާ މަސްޖިދުއް ސަލާމް. ފޮޓޯ:އައިއޭސީ
ހަބަރު
30 Aug 2023 | 19:04
"މަސްޖިދުއް ސަލާމް" ސީރިޔާގައި ދިވެހިންގެ އެހީގައި ބިނާކޮށްފައިވާ ޗާލު މިސްކިތެއް

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ ދަށުން ހިންގާ "ތަޖްރީ" ޕްރޮގްރާމްގެ ދަށުން ސީރިޔާގައި ދިވެހިންގެ ނަމުގައި މިސްކިތެއް ބިނާ ކޮށް ހުޅުވައިފިއެވެ.

އައިއޭސީއިން ބުނެފައިވަނީ ތަޖްރީ އަކީ އަބަދުވެސް ހުޅުވާލެވިފައިވާ ފަންޑެއްކަމަށެވެ.

ދެމިގެންދަނިވި ޞަދަޤާތުގެ އެކި އެކި ޕްރޮޖެކްޓްތަކެއް ތަޖްރީގެ ތެރެއިން ކުރިއަށް ގެންދެވޭ ކަމަށް ވެސް އައިއެސީ އިން ބުނެއެވެ.

"އެބޭފުޅަކަށް ދެވުނު މިންވަރެއް ދީގެން މި ޞަދަޤާ ޖާރިޔާގައި ބައިވެރިވެވޭ ގޮތަށް މި އޮންނަނީ. ފޮޓޯތަކުން މިފެންނަ މިސްކިތަކީ ހަމަ މިގޮތަށް ތަޖްރީއަށް ޑޮނޭޓް ކޮށްގެން ތިބޭފުޅުންގެ ނަމުގައި, ދިވެހިންގެ ނަމުގައި ސީރިޔާގައި ބިނާކޮށް ހުޅުވުނު މިސްކިތެއް" އައިއޭސީއިން ބުނެފައިވެއެވެ.

އައިއޭސީ އިން ބުނީ މި މިސްކިތުގައި 500 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮންނާނެކަމަށެވެ. އަދި މިސްކިތް ފުރިހަމަ ކުރެވިފައި ވަނީ ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު, ދިގު މުއްދަތަކަށް ހުންނާނެފަދަ ވަސީލަތްތަށް ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ. 

މަސްޖިދުއް ސަލާމްގެ އެތެރެ. ފޮޓޯ: އައިއޭސީ

އައިއޭސީ އިން ބުނީ މި މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން ޤުރުއާން ކިޔަވަދިނުންފަދަ ޕްރޮގްރާމްތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ތަޖްރީ ޕްރޮގްރާމްގެ ދަށުން އައިއޭސީ އިން މިވަގުތު ދަނީ ޔަމަނުގައި ތިބި ސާފު ބޯފެން ނުލިބޭ އަދި ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ސާފު ބޯފެން ހޯދައިދިނުމަށް ފަންޑު ހޯދުމަށް ހުޅުވައިލައިފައެވެ. އައިއޭސީ އިން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ 1160 އާއިލާ ދިރިއުޅޭ ސަރަހައްދަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. 

މި ޕްރޮޖެކްޓްގެ ސަބަބުން ފެނަށް ޖެހި، ސާފު ފެން ނުލިބި ތިބި އާއިލާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި، އަދި ފެންފޮދެއް ބޭނުންނަމަ އެތަކެއް ކިލޯ މީޓަރަށް އެހިނގަން ޖެހޭ ހިނގުން ނިމުމަކަށް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ތަޖްރީއަށް އަބަދުވެސް ޑޮނޭޓް ކުރެވޭގޮތަށް މި ޕްރޮޖެކްޓަށްވެސް ބޭނުން އަދަދަކުން އެހީވެވޭނެކަމަށް ބުނެފައިވެއެވެ.

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062742

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: SADAQA JARIYA | IAC

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ