ޠަލާލު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Aug 2023 | 22:23
އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތްތައް އީސީން ހުއްޓުވަން ޖެހޭ: ޠަލާލު

ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން އިސް ނަގައިގެން ބަލެމަށްފަހު ހުއްޓުވަން ޖެހޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ޠަލާލު ވިދާޅުވެއްޖެ އެވެ. 

ޠަލާލު މިފަދައިން ވިދާޅުވެފައި ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އިދިކޮޅުން ފާހަގަކުރަން ހުރި މުހިންމު ކަންކަން ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ޠަލާލު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން މިހާރު ވެސް ވަރަށް ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ. 

އެގޮތުން ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާއި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އެމީހުން ލައްވާ ކެމްޕޭނު މަސައްކަތްތައް ކުރުވުން ފަދަ އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން ޑރ މުއިއްޒު ވެވަޑައިގަންނަވާ ބައެއް ވައުދުތައް ޤާނޫނީ ހަމަތަކާއި ޚިލާފަށް ފުއްދުމަށް ރައީސް ޞާލިހު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން ޠަލާލު ފާހަގަކުރެއްވި އެވެ. ޠަތާލު އެފަދައިން ވިދާޅުވީ ތިނަދޫއަކީ ސިޓީއަކަށް ހައްދަވާނެކަމަށް ޑރ މުއިއްޒު ވައުދުވެޑައިގެންފައި ވަނިކޮށް، ރައީސް ޞާލިހު އެ ރަށަށް ސިޓީއެއްގެ ދަރަޖަދޭން ނިންމެވުމާއި ގުޅިގެންނެވެ. 

ޠަލާލު ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދެވޭނީ ސިޓީއެއްގެ ފެންވަރަކަށް ވަސީލަތްތައް ފުރިހަމަކޮށް ޤާނޫނީ ގޮތުން އެކަން ކުރަން އޮންނަ ހަމަތަކާއި އެއްގޮތަށް ކަމަށެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ޤާނޫނާއި ޚިލާފަށް އެކަން ކުރައްވާނަމަ އެއީ މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުންކަމަށް ޠަލާލު ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޠަލާލު ވިދާޅުވީ މިފަދަ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ރަސްމީ ސިފައެއްގައި ހުށަނޭޅި ނަމަވެސް މިއީ އެ ކޮމިޝަނުން އަމިއްލަ އިސްނެގުމުގެ ފަށުން ބަލާ ފިޔަވަޅު އަޅަން ޖެހޭ ކަންކަން ކަމަށެވެ. ރިޔާސީ އިންތިޚާބަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ނުފޫޒު ފޯރުވުމަށް ކުރާ ހުރިހާކަމެއް ހުއްޓުވުމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއްކަމަށް ޠަލާލު ވިދާޅުވި އެވެ. 

"އެމްޑިޕީގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު އަދި އޭނާގެ ކައިރީގައި ތިބި މީހުން މި ކުރަމުންދާ ކަންތައްތައް އިލެކްޝަން ކޮމިޝަނުން އެބަ ޖެހޭ ހުއްޓުވަން އެ މައްސަލަ އެ ކޮމިޝަނަށް ހުށައެޅުނަސް ނޭޅުނަސް، އިލެކްޝަން ކޮމިޝަން އެބަޖެހޭ ޕްރޯ އެކްޓިވް ވާން"

ޑރ މުއިއްޒުގެ ތަރުޖަމާނު ޠަލާލު

ޠަލާލު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ ކަންކަން ނުހުއްޓުވިއްޖެ ނަމަ މި އަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލަށް ނުރަނގަޅު އަަސަރުތަކެއް ކުރާނެކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ