އޮލުވެލިފުށީގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
31 Aug 2023 | 13:49
ރައްޔިތުންނަށް އުފާވެރިކަމާއި އަމާންކަން ނެތްނަމަ އެއީ ތަރައްޤީވެފައި އޮތް ޤައުމެއްނޫން: ރައީސް ޞާލިޙް

ރައްޔިތުންނަށް އުފާވެރިކަމާއި އަމާންކަމާއި އެކު ޤައުމުގައި ނޫޅެވޭނަމަ އެޤައުމަކީ ތަރައްޤީ ވެފައިވާ ޤައުމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ޅ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން ޅ.އޮޅުވެލި ފުއްޓަށް ކުރެއްވެވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައެވެ.

"ޤައުމެއްގެ ތަރައްޤީގެ މޭވާއަކީ ހަމަޖެހޭ އުފާވެރި ރާއްޖެއެއްގައި ރައްޔިތުން އުޅުން، އެހެންނޫންނަމަ އެޤައުމަކީ ތަރައްޤީ ވެފައި އޮތް ޤައުމެއް ނޫން، ކިތަންމެ މުއްސަނދި ފުދުންތެރި ޤައުމަކަށްވެސް ވެދާނެ، އެހެންނަމަވެސް ރައްޔިތުންނަށް އުފަލާއި ހަމަޖެހުން މަތީގައި ދިރިނޫޅެވޭ ކަމަށްވަންޏާ އެއީކީއެއް ތަރައްޤީވެފައިއޮތް ޤައުމެކޭ ބުނެވޭކަށް ނޯންނާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިކުރައްވަނީ އެމަސައްކަތް ކަމަށާއި، ރާއްޖެއަށްވުރެ މާ މުއްސަނދި ފުދުން ތެރި ޤައުމުތައް ރައްޔިތުން ބިކަހާލުގައި އުޅޭ ޤައުމުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ރާއްޖެއަކީވެސް ފުދުންތެރި ޤައުމެއް، އަޅުގަނޑު ދެކޭގޮތުގަ، ދައުލަތަށް ފައިސާ ވަތް އޭރުވެސް އެހެންނަމަވެސް އޭރުގެ ސިޔާސަތުތައް ހުރިގޮތުން ކުރިއަށް ގެންދަވި ސްޕީޑުގައި ނެތް ތަރައްޤީގެ މަޝްރޫޢުތަކެއް ނެތް ގެންދެވިފައެއް، މިއީ ހަޤީޤަތް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއްގައި އުޅެން ބޭނުންވާނަމަ ފުރިހަމަ ކުރަންޖެހޭ އަސާސީ ކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރު މިސަރުކާރުން ކުރަމުން މިގެންދަނީ އެމަސައްކަތް ކަމަށެވެ. މީގެ އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ހަމަޖެހިލައިގެން އެރަށްރަށުގައި އުޅެލެވޭނެ ގޮތް އަދި މިވީ ކިރިޔާ ކަމަށެވެ.

"ދެން އޮތީ ހަޤީޤަތުގައި ރަށްތައް ތަރައްޤީ ކުރުން، އަދި މިއެޅުނީ ބިންގާ، މިއަދު މިހިސާބުން އަޅުގަނޑުމެން ހުއްޓާލައިފިކަމުގައި ވާނަމަ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ގޮއްސާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކޯލިޝަންގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަން ފުޅާކޮށް ފައްކާކުރުން ކަމަށެވެ. އަދި ރަށު ފަތުރުވެރިކަން ރަށްރަށުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައި ދިނުން ކަމަށެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވީ ވާދަވެރިން ވަމުންދާ ވަޢުދުތަކާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަންގެ ޒުވާނުންގެ ވިންގުން އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނު ސިފަކުރީ އެޕަލް ފޯނާއި އެންޑްރޮއިޑް ފޯނުގެ ވާދަވެރިކަން ފަދައިން ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވަޢުދެއް އަންނައިރަށް އެ ކުޑަކޮށްގެން އިދިކޮޅުން ބުނަމުން އަންނަކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަންގެ މެނިފެސްޓޯ ފަދަ ތަފްސީލީ ރައްޔިތުންނާއި ގާތުން ތައްޔާރު ކުރެވިފައިވާ  މެނިފެސްޓޯ އެއް އެއްވެސް ކެންޑިޑޭޓެއްގެ ނޯންނާނެ ކަމަށެވެ.

ޅ.އަތޮޅަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޞާލިޙާއި ކެމްޕޭނު ޓީމުން މިއަދު ވަނީ އއ.ހިމަންދޫއަށް ވެސް ވަޑައިގެންފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.