އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޢަލީ--
ހަބަރު
31 Aug 2023 | 15:38
ހިންދޫ ފާދިރީ ކުލާސް ނަގައިދޭ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މިނިސްޓަރު

ހިންދޫ ދީނުގެ 'ގުރޫ'އެއް އިންތިޒާމް ކޮށްގެން ބާއްވާ އެ ދީނުގެ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބޭއްވި މައްސަލަ ފުލުހުންގެ އިދާރާއަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. 

ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް މާލޭގައި ހުންނަ އުނިމާ ގުރޭންޑުގައި، އެ ދީނުގެ ދީނީ ކުލާސްތަކެއް ނަގައިދޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން ދަނިކޮށް، މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ހޮޓެލެއްގައި "ސްޕިރިޗުއަލް ހީލާސް" ގެ ނަމުގައި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު އަމަލުތަކެއް ހިންގައި އިޝާތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މި މައްސަލާގައި ފުލުހުންގެ ބަހެއް ހޯދަން ވޮއިސް އިން މަސައްކަތް ކުރަމުންދާއިރު، މީހާތަނަށްވެސް ލިބިފައެއް ނުވެއެވެ. 

އެހެންނަމަވެސް، ދީނީ ކުލާސް ނަގައިދޭ ފާދިރީ ފުލުހުންގެ ހިމާޔަތުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ވޮއިސް އަށް ވަނީ ކަށަވަރުވެފައެވެ. 

ހިންދޫ ގުރޫގެ ކުލާސް ނެގުމާއި ގުޅިގެން ގިނަބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި، ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ކޯހުގެ މަގުސަަދާއި ގުޅޭ މައުލޫމާތު ވެސް ދީފައެވެ.

އަދި އޭނާ ބުނީ އެ ހިންގު ކުލާސްތަކާއި، އެ ހިންގަމުންދާ ހޮޓެލާއި އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. އަދި އެއީ އެއްވެސް ސިޔާސީ އަދި ދީނީ ބަޔަކާއި ގުޅިގެން ހިންގި އެއްޗެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ. 

މިއާއެކު އޭނާ ބުނީ، އޭނާގެ މަގުސަދަކީ ދީނާއި، ފިކުރާއި، އަގީދާ އަށް ބެލުމެއް ނެތި އޭނާގެ އެ ފިލާވަޅައި، އޭނާގެ ތަރުބިއްޔަތު އެންމެނަށްވެސް ފޯރުކޮށްދިނުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.