ޖަމިއްޔަތުއް ސަލަފްގެ ޝައިޚުން.
ހަބަރު
31 Aug 2023 | 17:37
"ސަލަފް ޖަމިއްޔާގެ މަސައްކަތް ރައްޔިތުންނަކަށް ނޯޅޭނެ، އަސާސެއް ނެތް ބުހުތާނު ދޮގުތައް ހުއްޓާލާ!"

ރާއްޖެގެ  ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔަތުއް ސަލަފުން ކުރާ މަސައްކަތް ދިވެހިރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ ކަމަށާއި، އެޖަމިއްޔާއާއި މެދު ދިފާޢީ ވަޒީރު މާރިޔާ އަހްމަދު ދީދީ ހައްދަވަމުންދާ އަސާސެއް ނެތް ބުހުތާނު ދޮގުތައް ހުއްޓާލަން ޖެހޭ ކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.

ޖަމްޢިއްޔަތުއް ސަލަފުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖަމްޢިއްޔަތުއް ސަލަފަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ނަގަހައްޓައި، ދީނީކަންކަމަށް ކުރިމަތިކުރެވޭ ހުރަސްތަކާ ދެކޮޅަށް ޙަރަކާތްތެރި ވުމުގެ މަތިވެރި މަޤްޞަދުގައި މުޖުމަޢުގެ އެކިދާއިރާތަކުގައި ޙަރަކާތްތެރިވަމުންދާ މަދަނީ ޖަމްޢިއްޔާއެއް ކަމަށެވެ.

އަދި ދީނީގޮތުން ޙައްދުފަހަނައަޅައިގޮސް ޝަރުޢީ އުޞޫލުތަކުން ބޭރުން މުސްލިމުން ދީނުން ބޭރުކޮށް ކާފިރުކުރުމާއި، ބިދުޢަވެރި ކުރުމުގެ ނުބައި ހަރުކަށި ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކޮށް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެފައިވާ ޞުލްޙަވެރި އަމާންވެއްޓެއް ޤާއިމުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ކުރަމުންދާ މިންނަތް މަސައްކަތަކީ ދިވެހިރައްޔިތުންނަށް އޮޅިފައިވާނެކަމެއް ނޫން ކަމަށް ވެސް އެޖަމްޢިއްޔާއިން ބުނެއެވެ.

ސަލަފުން ބުނީ ކަންމިހެން އޮތްއިރު އެޖަމްޢިއްޔާއާއި އެޖަމްޢިއްޔާގެ ޢިލްމުވެރިންނާއިމެދު ޙައްދު ފަހައެޅުމާއި ހަރުކަށިފިކުރުގެ ތުހުމަތުކޮށް އެކި މަޤާމްތަކުގައި ތަކުރާރުކޮށް ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ ދައްކަވަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތްބުހުތާނު ވާހަކަތަކެއް ކަމަށެވެ.

ހަރުކަށި ކަމާއި، ޙައްދު ފަހަނައެޅުމަކީ ދީނީ ގޮތުން މިނެކިރަން ޖެހޭކަމަށް ވުމުގެ އިތުރުން؛ އެކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ޤައުމީ މިންގަނޑެއް ފެންނަން އޮތް ކަމަކަށްވީހިނދު، ޝަރުޢީ މިންގަނޑަށް ބެލުމެއްނެތި، އަމުދުން ދައުލަތުން ޢަމަލުކުރުމަށް އެކަށައަޅުއްވާފައިވާ ޤައުމީ މިންގަޑުންވެސް ބޭރުން ހިތުހުރިހައި ފަރާތްތަކަށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުން ނިސްބަތްކުރަމުންދާ ދިއުމަކީ ވަރަށް ދަށުދަޖައިގެ ޒިންމާދާރުކަމެއް ނެތް ނާތަހުޒީބީ ޢަމަލެއްކަމުގައި އެޖަމްޢިއްޔާއިން ދެކޭ ކަމަށް ބުނެފައިވެއެވެ.

ވަކިން ޚާއްޞަކޮށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ  އެންސީޓީސީ ގެ ބަލަދުވެރިފަރާތުގެ ގޮތުގައި ހުންނަވައި، އެކަން ޙައްލުކުރެއްވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއްނެތި، މިފަދަ ކަންކަން ކުރެއްވުމުން ދޭހަކޮށްދެނީ ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް، ޒިންމާދާރުކަމާއެކު އަދާކުރުމުގައި ތިމާމެންގެ ނާޤާބިލުކަން ކަމަށް ސަލަފުން ވަނީ ބުނެފައެވެ.

"އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނުވަތަ ބަލައިގަނެވޭ ބުއްދީގެ އުސޫލެއް ހަމައެއްނެތި ޖަމްޢިއްޔަތުއްސަލަފާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ޙައްދުފަހަނައެޅުމާއިހަރުކަށިފިކުރުތަކާ ގުޅުވަން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ  އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނުގެހައިސިއްޔަތުން ދައްކަވަމުން ގެންދަވާ ވާހަތަކަކީ ފަހަރެއްގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި ލާދީނީގޮތުން ޙައްދުފަހަނައަޅާފައިވާ އެމްޑީއެންގެ އިސްފަރާތްތައް ސަރުކާރުގެ މަތިފަޑިއަށް ލައްވައިގެން އުޅުއްވުމާއި،ޙައްދު ފަހަނައަޅާފައިވާ  އެމްޑީއެން ފިކުރާ ސަރުކާރާއޮތް ނަސްލާއި ނަސަބާއި ޞިހްރާއި އެއްކިރުވުމުގެ ވަރުގަދަ ގުޅުމަށް ފަސްއަޅައި ފޮރުވޭނެކަމެއްކަމުގައި ޖަމްޢިއްޔަތުއްސަލަފުން ނުދެކެން" 

ޖަމްޢިއްޔަތުއް ސަލަފް

ރާއްޖޭގެ އެންމެ ޝަރަފުވެރި މަޤާމްކަމުގައި ފަޚުރުވެރި ދިވެހި ސިފައިން ސެލިޔުޓްކޮށް ކުރުނީސް ކުރައްވާ ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައިވާ ހުންނަވައިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމާއި ޤަދަރު ލިބިފައިވާ ޢިލްމުވެރިންނާއި އެހެނިހެން ފަރާތްތަކާ ޒާތީގޮތުން ބެހި، އެމީހުންނާމެދު ނަފްރަތު އުފެއްދުމަށް ތިޔަކުރައްވަމުން ގެންދަވާ ހަޑިމުޑުދާރު މަސައްކަތް މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ވަރަށް އަދަބު އިޙްތިރާމާއެކު ޖަމްޢިއްޔަތުއްސަލަފުން ނަޞޭޙަތްތެރި ވާ ކަމަށް ސަލަފް ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.