ހައުސިންގް ޔުނިޓް އަޅަން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެފްޑީސީ
ހަބަރު
31 Aug 2023 | 20:10
މާލެއާއި އަތޮޅުތެރޭ 4000 ހައުސިންގް ޔުނިޓް އަޅަން އެމެރިކާގެ، އީޕީސީ އަށް!

އަތޮޅުތަކާއި މާލެ ސަރަހައްދުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓަޑްއާއި ދުމެދު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުސް-ސަލާމެވެ.

އެފްޑީސީން ބުނީ، މިއެއްބަސްވުމުގެ ދަށުން، ރާށްޖޭގެ 5 ސަރަހައްދެއްގައި ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ އަތޮޅުގައި 750 ހައުސިންގ ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް، ލ. ގަމުގައި 1000 ހައުސިންގ ޔުނިޓް، ހދ. ކުޅުދުއްފުށީގައި 1000 ހައުސިންގ ޔުނިޓް އަދި ގްރޭޓާ މާލެ ސަރަހައްދުގައި 750 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ، މި މަޝްރޫއުގެ ޖުމްލަ އަގަކީ 249 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މިއެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ހައުންސިންގ ޔުނިޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 36 މަސް (ތިން އަހަރު) ދުވަހުގެ ތެރޭގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން
11 Aug 2026
އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައިފި
މި ޕްރޮގްރާމުގެ ފެށުމުގެ ތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ބާރު އެޅީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ
11 Aug 2026
ހިރިމަރަދޫ ކައުންސިލް އަލުން އިޢާދަކޮށް އިންތިޚާބު ބާއްވަން އެމްޑީޕީން ގޮވާލައިފި
ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާތީ، އެކަން ބާޠިލުކޮށް ރަށު ކައުންސިލް އަލުން އިޢާދަކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
11 Aug 2026
މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.