އެމެރަލްޑް މޯލްޑިވްސް އާއި ޖޯލި ބީންގ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
01 Sep 2023 | 06:14
ޖޯލި ބީންގ ކަޓުވާލުމަށްފަހު އެމެރަލްޑް މޯލްޑިވްސް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ރާ ޒޯނުގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ޖޯލި ބީންގ އާއި އެމެރަލްޑް މޯލްޑިވްސް ވާދަކުރި މެޗު 7-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމެރަލްޑް މޯލްޑިވްސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ތަފާތުބޮޑު ނަތީޖާއަކުން ޖޯލި މޯލްޑިވްސް އަތުން ބަލިވި، އެމެރަލްޑް މޯލްޑިވްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ އިބްރާހިމް އަޒްމޫން ކާމިޔާބުކޮށްދިންއިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުﷲ މާދިހް އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިހާފުގެ އިތުވަގުތުގެ ތެރޭގައި އެމެރަލްޑް މޯލްޑިވްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބުރާހިމް އަޒްމޫން އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެމެރަލްޑް މޯލްޑިވްސްގެ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި އެމެރަލްޑް މޯލްޑިވްސް އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ އަބްދުﷲ އަލީ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ކެޕްޓަން އަބްދުﷲ މާދިހް ގެ އިތުރުން އިބްރާހިމް އަޒްމޫން ވަނީ ކޮންމެ ކުޅުންތެރިއެއް އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި އަޒްމޫން ކާމިޔާބުކުރި ލަނޑާއެކު މިމެޗުގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ޖޯލި ބީންގ ގެ ފަރާތުން މިހާފުގައި ވަރުގަދަ އެޓޭކިންގް ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ފަސް ލަނޑު ކާމިޔާބުކުރިއެވެ. އަދި މި ފަސް ލަނޑު ވެސް ކާމިޔާބުކޮށްދިނީ މި މެޗުގެ ދެވަަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ސޮލާހް އެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ 7-5 ގެ ނަތީޖާއަކުން އެމެރަލްޑް މޯލްޑިވްސް ކުރީގައި އޮވެގެންނެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެމެރަލްޑް މޯލްޑިވްސްގެ އިބްރާހިމް އަޒްމޫން އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި އެމެރަލްޑް މޯލްޑިވްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މި މެޗުން ބަލިވި ޖޯލި ބީންގ ވަނީ ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކަޓާފައެވެ. 

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހު އެމެރަލްޑް މޯލްޑިވްސް ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ދިގަލި މޯލްޑިވްސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.