ރައީސް ޞާލިޙް ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
01 Sep 2023 | 09:05
އަމިއްލަ ބޭނުމެއް ނެތް، އެދެނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތައް ކަންކުރަން: ރައީސް ޞާލިޙް

އަމިއްލަ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، ބޭނުންވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތައް ކަންކަން ކޮށް ރައްޔިތުނަށް ޚިދްމަތް ކުރަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ޅ.އަތޮޅަށް ކުރައްވަމުން ގެންދެވި ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުންނެވެ.

"ތިޔަ ބޭފުޅުންގެ ވޯޓު އަޅުގަނޑަށް ދެއްވާ، އެއީ ގެއްލިގެން ދާނެ އެއްޗެއް ނޫން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ މީގެ ކުރިން 15 އަހަރު ވަންދެން ޅ.އަތޮޅުގެ ރައްޔިތުން ތަމްސީލް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވެވި ކަމަށެވެ. އޭރު އެމަނިކުފާނު މަސައްކަތް ކުރެއްވެވި ގޮތް ނައިފަރުގެ ރައްޔިތުންނަށް އެނގޭނެ ކަމަށާއި މިއަދުވެސް އެމަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނެތް އަމިއްލަ ބޭނުމެއް، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ޚިދްމަތް ކުރަން، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތައް ކަންތައްކުރަން، މިކަމުގައި އަޅުގަނޑު ދެމިހުންނާނަން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ދެން އަންނަ ދައުރެއްގައި ނައިފަރަށް ޚާއްސަ ކުރެވިފައިވާ ކަންކަން ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ނައިފަރަށް ބޭނުންވާ ބިން ހަމަޖެއްސުމަށް 20 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް އެޢަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއި އެކު ފުރަތަމަ ބުރުގައި އެބިމުގައި 200 ހައުސިންގްޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވީނަމަވެސް އަދިވެސް ހަނިގޯޅި ތަކުގައި ހުރި ބައެއް ގޭގެއަށް ނަރުދަމާގެ ޚިދްމަތް ނުދެވި ހުރި ކަމަށާއި ދެން އަންނަ ދައުރެއްގައި އެގޭގެއަށް ޚިދްމަތް ދެއްވައި ފެނާއި ނަރުދަމާގެ ކަންކަން ނިންމަވައި ނައިފަރުގައި ހަދަން ޖެހޭ ހުރިހާ މަގެއް ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ނައިފަރު ހޮސްޕިޓަލަށް ބޭނުންވާ ޢިމާރާތްތައް އިތުރުކޮށް އެހޮސްޕިޓަލުން ނަފްސާނީ ބައްޔަށް ފަރުވާދޭނެ ޑޮކްޓަރަކު ހަމަޖައްސައި އަދި ނުކުޅެދުންތެރިން ހުންނަ ފަރާތްތަކަށް ދޭން ޖެހޭ ތެރަޕީ ދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި ނައިފަރު މަދްރަސަތުލް އިފްތިތާޙަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލް އަޅައިދީ ސައިންސް ލެބެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނައިފަރު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވުމަށް ބަނދަރު ފުންކޮށް އުތުރު ބަނދަރުގެ ފައިކަށި ރަނގަޅުކޮށް ބޭރުން 500ފޫޓުގެ ރިވެޓްމެންޓް ޖަހައި ކުދި އުޅަނދުފަހަރަށް އެތަނުގައި އެޅޭނެގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިފަރުގައި މިހާރު ކުއްޔަށް ދޫކުރެވިފައިހުރި ފްލެޓްތަކުގެ ކުލި ބޮޑު ކަމަށް ރައްޔިތުން ވިދާޅުވަމުން ދާކަމަށާއި، އެކަމަށް ލުޔެއް ހޯދައި ދިނުމަށް މަޝްވަރާ ކުރެވި ލުޔެއް ގެނައުމަށްފަހު އެކަން ޙިއްސާ ކުރައްވަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ