ހިންނަވަރުގައި ބޭއްވުނު ޖަލްސާގައި ޢިމްރާން ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
01 Sep 2023 | 09:07
ރައީސް ޞާލިޙަކީ މުޅި ރާއްޖޭގައިވެސް ހުރި އެންމެ ވަރުގަދަ ސިޔާސީ ތަޖުރިބާކާރު: ޢިމްރާން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ މުޅި ރާއްޖޭގައިވެސް ހުންނެވި ސިޔާސީ އެންމެ ވަރުގަދަ ތަޖުރިބާކާރު ކަމަށް ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ރޭ ޅ.ހިންނަވަރުގައި ބޭއްވި ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޢިމްރާން ވިދާޅުވީ ރައީސް ޞާލިޙާއި އެކު މަސައްކަތް ކުރައްވާތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި، ވޭދުވެދިޔަ ވެރިންގެ ވެރިކަންތަކާއި ޚިލާފަށް މިވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއް ބާރު ސްޕީޑްގައި ތަރައްޤީ  ގެންވަމުންދާތީ، އަސްލު އެވާގޮތަކީ ކޮބައިކަން ހިތަށް އަރާކަމަށެވެ.

"މިއަދު މިރަށަށް އަރައިގެން އައިސް މިމަންޒަރުތައް ރީތިކޮށް ފެނިލީމަ މިއަދު ވަކިން ބޮޑަށް އިޙްސާސް ކުރެވިއްޖެ، އަތޮޅު ތެރޭގެ އާދައިގެ ރަށަކަށް އުފަން، އެރަށުގައި ދިރިއުޅެ އާއިލާއާއި އެކު ބޮޑުވެ، ގާތްކަމާއި ލޯތްބާއި ކުލުނު އިޙްސާސްކުރެވި، ރައްޔިތުންގެ ވިންދު ރަނގަޅަށް ހިތުގަ ޖަހާ، އެއަށްފަހުގަ މާލެ ވަޑައިގެން ކިޔަވައި ވިދާޅުވެ، ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން އެންމެ ވަރުގަދަ އެއް އާއިލާއާއި ގުޅިވަޑައިގެން އެބޭފުޅުންނާއި އެކު ތަޖުރިބާ ހޯއްދަވައި، ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ އެންމެނާއި އެކުގައި މަސައްކަތް ކުރައްވައި، މަޖިލީހުގައި 25 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު ވަޑައިގެން ވެރިކަމަށް އިށީނދެވަޑައިގަތީމަ ދެން އެނގޭ މިރާއްޖޭގަ ކުރިއަށްދާން، އެނގޭ މިރާއްޖެ ތަރައްޤީ ކުރަން، އެނގޭ މިރާއްޖޭގެ ރައްޔިތުންނަށް އަޅާލަން" 

ދާޚީލީ ވަޒީރު ޢިމްރާން އަބްދުالله 

ޢިމްރާން ވިދާޅުވީ މިކަންކަމާއި ވާދަ ނުކުރެވޭނެ ކަމަށާއި ރައީސް ޞާލިޙަކީ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ސިޔާސީ ތަޖްރިބާކާރު ކެންޑިޑޭޓު ނޫން ކަމަށާއި ރައީސް ޞާލިޙަކީ މުޅި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ތަޖުރިބާކާރު ކަމަށެވެ.

ޢިމްރާން ވިދާޅުވީ އެހެން ވިދާޅުވުމުން ބައެއް ބޭފުޅުން ހިތްޕުޅުގައި ޖެހިގެން ޖަލްސާ ނިމުމުން އެއްޗެއް ވިދާޅުވެދާނެ ކަމަށެވެ.

"އިސްލާޙީ މަސައްކަތުގައި އެންމެ ދަތި މަރުޙަލާއިން ފެށިގެން، އެންމެ ގޮންޖެހުން ބޮޑު ދުވަސްތަކުން ފެށިގެން މިއަމާން އައްސޭރިއާއި ހަމައަށް މިގެނެސްދިނީ މިޚިކްމަތްތެރިކަމާއި ވިސްނުމާއި ކެތްތެރިކަމާއި ފިކުރުއިސްކުރީމަ މިކަންމިކުރެވުނީ" 

ދާޚީލީ ވަޒީރު ޢިމްރާން އަބްދުالله 

ޢިމްރާން ވިދާޅުވީ މިރާއްޖޭގައި ވެރިކަން ކުރެވޭނީ މިރައީސް އަށް ކަމަށެވެ.

ހިންނަވަރުގައި ބޭއްވުނު ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ގިނަ އިސްވެރިންތަކެއް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.