ހަބަރު
01 Sep 2023 | 13:17
މައިންބަފައިންނަށް އުރެދުމަކީ ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެެއް: ޚުތުބާ

މައިންބަފައިންނަށް އުރެދުމަކީ އެމީހެއްގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް މައުލޫއަށް އިއްވި ޚުތުބާގައި ބުނެފައި ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މާތް الله ގެ ހުރިހާ ރަސޫލު ބޭކަލުންނަށާއި ނަބީބޭކަލުންނަށްވެސް އަމުރު ކުރެއްވި ކަމަށެވެ. އަދި ތިމާގެ މުސްކުޅިވެފައިވާ މައިންބަފައިންނަށް ހިދުމަތްކުރާނެ ފުރުސަތު ލިބުނު މީހާ އެކަމަށްޓަކައި މާތް الله އަށް ޝުކުރުވެރިވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، މައިންބަފައިންނަށް ޚިދުމަތް ކުރި މީހާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅެއް ހުޅުވައިދެއްވާފައިވާކަމަށާ އަދި މައިންބަފައިންނަށް އުރެދުމަކީ ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއްކަމުގައިވެސް ބުނެފައިވެއެވެ.

މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެެކެވެ. އެއް ދުވަހަކު ރަސޫލާގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. الله ގެ ރަސޫލ އެވެ! الله ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި، ކަލޭގެފާނަކީ اللهގެ ރަސޫލާ ކަމަށް އަޅުގަނޑު ހެކިވަމެވެ. ފަރުޟު ފަސް ނަމާދު އަދާކުރަމެވެ. އަޅުގނޑުގެ މުދަލުން ޒަކާތް ދެމެވެ. ރަމަޟާންމަހު ރޯދަ ހިފައވެ. އެހިނދު ނަބިއްޔާ ހަދީސް ކުރެއްވިއެވެ. ތިޔަގޮތުގެ މަތީގައި މަރުވި މީހާ ގިޔާމަތް ދުވަހުން ވާނީ ނަބީބޭކަލުންނާއި ސިއްދިޤުންނާއި ޝަހީދުންނާއިއެކު މިގޮތަށެވެ. މހެން ހަދީސް ކުރައްވައި ދެ އިނގިލިފުޅު އުފުއްލަވައި ލެއްވއެވެ. އެއީ މައިންބަފައިންނަށް އުފެދިފައި ނުވާ ނަމައެވެ.

އޭގެ އިތުރުން މައިންބަފައިންނަށް އަޅައިލުމާއި ކަމޭހިތުމަކީ އެކަމުގައި ޖަދަލުކޮށްގެން ނުވާނެ ކަމެއްކަމަށާއި މައިންބަފައިން ހިތުގައި ޖެހުނަދީގެން ނުވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ބައެއް މީހުން ހީކުރާ ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތަން ވާނީ އެމީހުން ކަމަކަށް އެދުނީމައެވެ. މައިންބަފައިން ކަމަކަށް އެދޭނަމަ އެކަމެއް އަވަހަށް ކޮށްދޭންވާނެއެވެ. ނަމަވެސް އެމީހުންނަށް ކަމެއް ބޭނުންވިޔަސް އަދި ނުވިއަށް ދަރިން މައިން ބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަން ވާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބައްޕަ އާއި މަންމައަކީ ހިޔާވަހިކަމާއި ހިމާޔަތް ލިބޭ ދެގަސްކަމާއި އެއީ ދަރީންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ވަރުގަދަ ކިއްލާތަކެއްކަމާއި އަދި އެއީ ދަރީން ދިފާއުކޮށް ސަލާމަތްކޮށްދޭ އައްޑަނަތަކެއްގެ ގޮތުގައި ހުތުބާގައި ވަނީ ސިފަކޮށްފައެވެ.

އަދި ދަރީންނަށް އެންމެ ހެޔޮ އެދޭ އިހްލާސްތެރި ނަސޭހަތްތެރިންކަމަށާއި މައިންބަފައިންގެ ނިއުމަތުގެ ފުރިހަމަ އަގު އެމީހަކަށް ވަޒަން ކުރެވޭނީ އާޚިރަތް ދުވަހުންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.