ރައީސް ޔާމީން އާއި ޑރ މުހައްމަދު މުއިއްޒު
ހަބަރު
01 Sep 2023 | 15:02
"ޑރ. މުޢިއްޒު ވެރިކަމަށް އިންޚާބު ކުރައްވަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވި"

އެމަނިކުފާނު ތާއީދު ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު އަށް ކަމަށާއި، މި އިންތިހާބުގައި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވަން ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް، ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުގެ ޓީމުން ވިދާޅުވެއްްޖެއެވެ.

ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒަށް ނެތް ކަން ދޭހަވާ ފަދަ މޭރުމުން، ޑރ. މުއިއްޒަށް އެމަނިކުފާނު ނުހުރުމުގެ ބަސްފުޅުތަކެއް އަމާޒު ކުރައްވާފައިވާ ކަމަށް ނޫހަކުން ލިޔެފައިވާ ލިޔުމަކާއި ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަބަރުގައި ލިޔެފައިވާ ފަދަ އެއްވެސް ވާހަކައެއް، އަދި، ރައީސް ޔާމީންގެ ނޯޓެއް ކަމަށް ބަޔާންކޮށް މީސްމީޑިއާގައި ދައުރުކުރަމުންދާ ނޯޓުގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ވާހަކައެއް، ހައިކޯޓުގެ ތެރޭގައި ރައީސް ޔާމީން ވިދާޅުވެފައި ނުވާ ކަމަށެވެ.

އަދި، މި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ތާއިދުކުރައްވާ ކެންޑިޑޭޓަކީ ޑރ. މުއިއްޒު އަދި ރަނިންގ މޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"އެންމެހައި މެންބަރުންނާއި ރައީސް ޔާމީނަށް ތާއިދުކުރައްވާ އެންމެހައި ސަޕޯޓަރުން ވެސް ވޯޓު ލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޑރ. މުޙައްމަދު މުޢިއްޒު އަށް ކަމަށާއި، މި އިންތިހާބުގައި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވަން އެމަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވެއެވެ.". ވަކީލުންގެ ބަޔާނުގައި ވެއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ، އެފަދަ ދޮގު ވާހަކަތައް ފަތުރަމުންދަނީ ރައީސް ޔާމީނަށް ނަފްރަތުކުރާ، އަދި އެމަނިކުފާނަށް ނުހައްގުން އަނިޔާދެމުން ގެންދާ ފަރާތްތަކުގެ ރޭވުމެއްގެ ދަށުން ކަމަށެވެ. އަދި އެއީ އެ ކޯލިޝަންގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއިދުކުރައްވާ ޢާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިކޮށް، މި ރިޔާސީ އިންތިހާބު އެ ކޯލިޝަނަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިނޑި އަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"އެފަދަ ވާހަތައް ގަބޫލުނުކުރުމަށާއި، ހުރިހާ ފަރާތްތަކެއް ވެސް އިތުރު ހިތްވަރެއްލައި، މި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އަދި ސެމްބެ ކާމިޔާބުކޮށްދިނުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްދެއްވުމަށް ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވައެވެ.". އެ ބަޔާނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ