ނައިފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Sep 2023 | 16:20
ރައީސް ޔާމީން ވިދާޅުވިއޭ ކިޔާ ދޮގު ވާހަކަ ފަތުރަނީ ބަލިވާތަން ފެންނާތީ: އަބްދުއްރަހީމް

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ވިދާޅުވިކަމަށް ބުނެ ސަރުކާރު އަޑީގައި އޮވެގެން ދޮގު ޚަބަރުތައް ފަތުރަމުން ދަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ނައިފަރުގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ކުޑަތަންވަމުން އަންނައިރު، ސަރުކާރާއި ޑރ މުއިއްޒުގެ ވާދަވެރިން މަސައްކަތް ކުރައްވަމުން ދަނީ އެމަނިކުފާނު ބަދުނާމު ކުރުމަށް ކަމަށެވެ. އެގޮތުން ރައީސް ޔާމިނުގެ ނަންފުޅު ބޭނުންކޮށް ދޮގު ޚަބަރުތައް ފަތުރާ، ރައީސް ޔާމީނުގެ ތާއީދު ޑރ މުއިއްޒަށް ނެތްކަމަށް ބުނެ ތަފާތު ދޮގު ޚަބަރުތައް ފަތުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ނައިފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިނަށް ގޮނޑިކޮޅެއް ޚާއްސަކޮށްފައި

އޭނާ ވިދާޅުވީ އެފަދައިން ދޮގު ޚަބަރުތައް ފަތުރަނީ ޑރ މުއިއްޒަށް އޮތް ތާއީދު ފެނި، މި އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަން ޔަގީންވާތީ ގޮތް ހުސްވެގެން ކަމަށެވެ. ރައީސް ޔާމީން ބޭނުންފުޅުވާ ގޮތާއި އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ސަރުކާރަށް ވެސް، ސަރުކާރާއި ގުޅުންހުރި ފަރާތްތަކަށް ވެސް އަދި ސިޔާސީ ޕާޓީތަކަށް ވެސް ނޭނގޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ނައިފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ

"އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ މި އޮތް 8 ދުވަސްތެރޭގައި ވަރަށް ގިނަ ގޮތްގޮތުން، ވަރަށް ގިނަ ވާހަތައް ފަތުރަމުން ގެންދާނެ. ރައީސް ޔާމިނު ވިދާޅުވިޔޭ.. ނޫނީ މެޑަމް ފާތުމަތު އިބްރާހިމް ވިދާޅުވިޔޭ... ނޫނީ މިވެނި މީހަކު ވިދާޅުވިޔޭ ކިޔައިގެން ވެސް ވާހަކަ ދައްކާނެ... އެ އުޅެނީ ހަދާނެ ގޮތް ހުސްވެގެން. ކުރާނެ ކަމެއް ނޭނގިގެން. ބޮޑުތަނުން ބަލިވެއްޖެކަން އަމިއްލަޔަށް ގަބޫލުކުރެވިގެން"

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނުގެ ފުރިހަމަ ތާއީދު ޑރ މުއިއްޒަށް އޮތް ކަމަށެވެ. އެމަނިކުފާނު މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމިނުގެ ފުރިހަމަ ތއީދާއި އެކުގައި ކަމަށާއި، މި އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމިނު އެދިވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ރިޔާސީ ކެމްޕޭނު ވަރުގަދަކޮށް ހަރަކާތްތައް އިތުރުކޮށް، އެއްބުރުން ޑރ މުއިއްޒު އިންތިޚާބު ކުރެއްވުމަށް ކަމަށެވެ. އެހެންކަމުން ޑރ މުއިއްޒާއި ރައީސް ޔާމިނު ޖައްސާ، ޑރ މުއިއްޒުގެ ތާއީދު ފަނޑުކުރުމަށް މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި، އެފަދައިން ފަތުރާ ޚަބަރުތަކަށް ސަމާލުވުމަށް އަބްދުއްރަހީމް ވަނީ ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ