ރޮނާލްޑޯ ޕީއެސްޖީ އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
01 Sep 2023 | 21:27
ސައުދީ ލީގު: އޮގަސްޓު މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯއަށް

ޔޫރަޕުގެ ނަން މަޝްޙޫރު ގިނަ ތަރިންތަކެއް ކުޅެމުން އަންނަ ސައުދީ ޕްރޮފެޝަނަލް ލީގުގެ މިދި މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ރޮނާލްޑޯގެ އިތުރުން މި މަގާމަށް ވާދަކޮށްފައި ވަނީ އަލް ހިލާލްގެ ބްރެޒިލް ފޯވާޑް މަލްކޮމް ގެ އިތުރުން އަލް އަހްލީގެ އަލްޖީރިއާގެ ވިންގަރ މަހްރޭޒް އެވެ.

އޮގަސްޓު މަހު ސައުދީ ލީގުގައި އަލް ނަސްރުގެ ފެށުން ދަށްކޮށް ދިޔައިރު، ލީގުގައި އެޓީމު ކުޅުނު ފުރަތަަމަ ދެ މެޗުން ވަނީ ބަލިވެފައެވެ. އޭގެތެރެއިން ފުރަތަމަ މެޗުގައި ރޮނާލްޑޯ ކުޅެފައި ނުވާއިރު، ދެވަނަ މެޗުގައި އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން މޮޅުވެ ލީގު ތާވަލުގެ ހަ ވަނައަށް އެޓީމު ކުރިއަށް ޖެހިލާފައިވާއިރު، މި ދެ މެޗުގައި ރޮނާލްޑޯ ވަނީ ފަސް ލަނޑު ޖެހުމުގެ އިތުރުން އިތުރު ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އެގޮތުން ލީގުގައި އަލް ފަތޭހް އާއި ދެކޮޅަށް ކުޅުނު މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެމެޗުގައި ރޮނާލްޑޯގެ ފަރާތުން ވާނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަލް ޝަބާބު އަތުން 4-0 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވިއިރު ރޮނާލްޑޯ  ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިިން ދެ ލަނޑު ރެފްރީ ވަނީ ބަލައިނުގަނެފައެވެ.

ލީގުގައި މާދަމާ ރޭ 23:00 ގައި އަލް ނަސްރު ރަށުން ބޭރުގައި ނުކުންނާނީ މިސީޒަނުގައި އަލަށް ސައުދީ ޕްރޮފެޝަނަލް ލީގަށް ޕްރޮމޯޓްވި އަލް ހާޒެމް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ