ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
02 Sep 2023 | 14:13
ރައީސް ނަޝީދުގެ ވެރިކަން ނިމުނު ގޮތާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ: ރައީސް ޞާލިހު

ވެރިކަމުގެ ދައުރުގެ ފަސް އަހަރު ހަމަވުމުގެ ކުރީން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން، ނިމިގެންދިޔަ ގޮތާއި މެދު ހުރިހާ ރައްޔިތުން ވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރޭ ކުރިއަށްދިޔަ އެމްޑީޕީގެ "އުފާވެރި މާލެ" ޖަލްސާގައި ވާހަކަ ދައްކަވަން ރައީސް ޞާލިހު ވިދާޅުވީ 2008 ވަނަ އަހަރުގައި އެމްޑީޕީގެ ވެރިކަމެއް ގެނެވުނީ އެތައް ބަޔަކު މަގުމައްޗަށް ނުކުމެ، އެތައް ބަޔަކު ޖަލުގެ ކުޑަ ގޮޅިތަކަށް ލެވިގެން ކަމަށެވެ. އެހެން ނަމަވެސް، ވެރިކަމަށް ވަޑައިގެންނެވިތާ ފަސް އަހަރު ނުވަނީސް އެ ވެރިކަން ނިމުމަކަށް އައި ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ އެ ވެރިކަން ނިމިގެން ދިޔަ ގޮތަކީ ހުރިހާ ދިވެހި ރައްޔިތުންވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

"(ނަޝީދުގެ ވެރިކަން) ބަދަލުވި ގޮތާއިމެދު ފުލުހުންނާއި ސިފައިން ވެސް ވިސްނާލަންޖެހޭ. އެބަދަލުވުމާއިއެކީގައި މުޅި ރާއްޖެއަށް ކުރިމަތިވި އަނިޔާވެރިކަން، ބިރުވެރިކަން، ހައްދު ފަހަނައަޅާދިޔައީ. އަނެއްކާވެސް އަޅުގަނޑުމެން މަގުމައްޗަށް ނުކުތީ. އެދުވަހު، އެ ފެށި މަސައްކަތް، އަޅުގަނޑުމެންނަށް ނިންމާލެވުނީ 2018 ވަނަ އަހަރު."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، ގައުމު ދެކޭ އަމާންކަން ލިބުނީ، އެފަދަ އެތައް މަސައްކަތަކުން ކަމަށާ، ކުއްލި ނުރައްކަލުގެ ހާލަތަށް އިރު އިރުކޮޅާ ގައުމު ގެންދަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. 

އަދި ހަމައެހެންމެ ގޭންގު އެކިއެކި މާރާމާރީތައް ހިންގައި، މަގުތައް ނާމާންވެގެންދާން މާލެއާއި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސިޔާސީ ހަލަބޮލިކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ މާލެ ރައްޔިތުން ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ، މާލޭގެ ރައްޔިތުން ދެން އެދުވަސް އަނބުރާ އަންނަން ބޭނުން ނުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.