ރޭ މާލެ ސިޓީގައި ބޭއްވި އެމްޑީޕީ ކޯލިޝަންގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ވޮއިސް
ހަބަރު
02 Sep 2023 | 11:00
އުފާވެރި މާލެ މެނިފެސްޓޯގެ ދަށުން ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިންގ

ރޭ އެމްޑީޕީއިން މާލެ ސިޓީގައި ބޭއްވި ޖަލްސާގައި ތަޢާރަފްކުރި "އުފާވެރި މާލެ" މެނިފެސްޓޯގެ ދަށުން ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިންގ ފޯރު ކޮށްދޭނެ ކަމަށް ބުނެފިއެވެ.

"އުފާވެރި މާލެ" މެނިފެސްޓޯއަކީ މާލެ ސަރަހައްދަށް ޚާއްސަ ކޮށް ކަނޑައަޅައިފައިވާ ކަންކަން ބަޔާން ކޮށްދީފައިވާ މެނިފެސްޓޯއެކެވެ.

އެމެނިފެސްޓޯގައި ވަނީ މާލީ ބުރައަކަށް ނުވާ ގެދޮރުވެރިކަން ތަޢާރަފްކުރުމާއި އެކަން ކަން ކުރުމަށް އެމްޑީޕީ ކޯލިޝަނުން ރާވައިފައިވާ ގޮތްތައް ބުނެދީފައެވެ.

އެގޮތުން މާލޭ ރައްޔިތުންނަށް ލިބުނު ބިން ތަކުގައި ގެދޮރު ޢިމާރާތް ކުރުމަށް 6 ޕަސެންޓަށްވުރެ އިންޓްރެސްޓް، 10 ޕަސެންޓް އިކުއިޓީ އިތުރުނުވާހެން ލޯނު ދޫކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ގޭގޭގެ ބެހެނިވެރިން ދިރިއުޅުމަށް އެކަށޭނެ ޖާގައެއް ހިމެނޭވަރަށް ގެދޮރު އިމާރާތްކޮށްދީ ދިގުމުއްދަތުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއިއެކު  ގޭގައި ދިރިއުޅުމަށް ބޭނުންވާ ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނު ހޯދުމަށް ކްރެޑިޓް ސްކީމެއް ތަޢާރަފްކުރުމުގެ އިތުރުން، ރިއަލްއެސްޓޭޓް މާކެޓް ރެގިޔުލޭޓް ކޮށް، ކަނޑައެޅޭ މިންގަނޑަށް ގެދޮރު ޢިމާރާތްކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށް ބޯހިޔާވަހިކަން  ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

"އުފާވެރި މާލެ" މެނިފެސްޓޯގެ މާލީ ބުރައަކަށްނުވާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ދެން އައިސްފައިވަނީ ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމެއްގެ ބަދަލުގައި އެހެން ބޯހިޔަވަހިކަމަކަށް ބަދަލުވާން ބޭނުންނަމަ އެތަނެއްގެ މިލްކުވެރިކަން ބަދަލުކޮށް، ދައްކަން އޮންނަ މިންވަރެއް ޓްރާންސަފަރ އުސޫލުން، ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަން ދޫކޮށްލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމެވެ.

މީގެ އިތުރުން ބޮޑެތި އެޑްވާންސް ތަކާއި ބޮޑެތި ކުލިތައް ދެއްކުމުގެ ބުރަކުޑަކުރުމަށް ކުލިދެއްކޭނެ ވަރުގެ އެކަކަށްވުރެ ގިނަ މީހުންނަށް ދިރިއުޅޭވޭ ވަރުގެ ތަންތަނާއި ސްޓޫޑިއޯ އެޕާޓްމެންޓްތައް ހަދައި ކުލިދައްކައި އަމިއްލަވެސް ކުރެވޭނެ މަގުފަހިކޮށްދިނުން ހިމެނެއެވެ.

ހަމަމިއާއިއެކު ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިންގް ތަޢާރަފްކުރުމާއި މާލެ ސަރަހައްދުގައި ކުދި ތަންތަންކޮޅުގައި އުޅޭ މީހުން ޖާގަތަނަވަސް ބޯހިޔާވަހިކަމަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް އެމެނިފެސްޓޯގައި ވެއެވެ.

މީގެ އިތުރުންވެސް މާލެ ސަރަހައްދާއި ގުޅިފައިވާ ވަޢުދުތަކެއް އުފާވެރި މާލެ މެނިފެސްޓޯގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.