ރޭ އެމްޑީޕީ ކޯލިޝަނުން މާލެގައި ބޭއްވި ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
02 Sep 2023 | 12:40
ރައްޔިތުންގެ އިޙްސާސްތަކާ ކެކުޅުންތައް އެންމެބޮޑަށް ދަންނާނެ ކެންޑިޑޭޓަކީ ރައީސް ޞާލިޙް: މާރިޔާ

ރައްޔިތުންގެ އިޙްސާސްތަކާއި ކެކުޅުންތައް އެންމެ ބޮޑަށް ދަންނާނެ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް މިސަރުކާރުގެ ދިފާޢީ ވަޒީރު އަލްއުސްތާޒާ މާރިޔާ  އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ބޭއްވި އެމްޑީޕީ ކޯލިޝަންގެ ޖަލްސާގައި ވާހަކަދައްވަމުން މާރިޔާ ވަނީ ރައީސް ޞާލިޙް އަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފައެވެ.

"ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތަޢާރަފްވިފަހުން މިރާއްޖެ އަމާންކަމާއި އޮމާންކަމާއި އެކީ ފާގަތި ތިޔާގި އުފާވެރި މަންޒިލަކަށް ދިޔުމުގެ  ޤާބިލްކަމާއި ކުޅަދާނަކަން ތަޖްރިބާ ހުރި ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ފާހަގަކުރަން މިއަށްވުރެ ފަސޭހަ އިންތިޚާބަކާއި އަޅުގަނޑުމެން އަދި ކުރިމަތިނުލަން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިންތިޚާބަށް އެންމެ 8 ދުވަހަށް ވެފައިވާއިރު ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޙަޔާތުގެ އެންމެ ޅަފަތުން ފެށިގެން ޖަޒީރާ  ދިރިއުޅުމެއް ތެރެއިން ރައްޔިތުންގެ އުފަލާއި ވޭނާއި ދަތިތަކާއި ތަކްލީފުތައް ތަޖުރިބާ ކުރައްވަމުން ބޮޑުވެ، މިއަދު ރައްޔިތުންގެ އެ ތަކްލީފްތަކާއި ދަތިތަކަށް ބިނާ ކުރަވަނިވި އަދި ދެމެހެއްޓެވި ހައްލު ހޯއްދަވައި ދެއްވަމުން ގެންދަވާ ހަރުދަނާ ދުރުވިސްނޭ ރައްޔިތުންގެ ރައީސަކު ހުންނެވިކަންކަމަށެވެ.

މާރިޔާ ވިދާޅުވީ ކުޑައެއް ބޮޑެއް ޒުވާނެއް މުސްކުޅިއެއް ނެތި  އެންމެންގެ ހިތްތައް ރައީސް ޞާލިޙް ފަތަޙަ ކުރައްވައިފިކަމަށެވެ.

"ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާ މިންވަރާއި ގާތަށްވެސް ރައްޔިތުންގެ އިޙްސާސްތަކާއި ކެކުޅުންތަކާއި ބޭނުންވާ ކަންކަން މިއިންތިޚާބު ގައި ދެން ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އެނގިވަޑައި ނުގަންނަވާނެ ކަމީ އެއީ ހަޤީޤަތެއް" 

ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ

މާރިޔާ ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގެ މިފަސް އަހަރުގައި ފެނިގެންމިދާ ތަފާތަކީ އެއީ ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔަ ވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.