ރޭ މާލެ ސިޓީގައި ބޭއްވުނު ޖަލްސާގައި ސިޔާމް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
02 Sep 2023 | 12:44
މިގަރުނުގައި ހުރި އެންމެ ޙިކްމަތްތެރި، އިޤްތިޞާދު ނެގެހެއްޓޭނި ލީޑަރަކީ ރައީސް ޞާލިޙް: ސިޔާމް

މިގަރުނުގައި ރައީސެއްގެ މަޤާމުގައި ހުރި އެންމެ މޮޅު އެންމެ ޙިކްމަތްތެރި އިޤްތިޞާދު ކޮޅައްޖެހޭނެ ބޭފުޅަކަށް ހުރީ ހަމައެކަނި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމްގެ ވާހަކަފުޅު ފެއްޓެވީ ކޮވިޑްގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ކޮވިޑްގެ ދުވަސްވަރު އައި ހީނަރުކަން ފުހެލައްވަން ރައީސް ޞާލިޙް އެޅުއްޗި ފިޔަވަޅުތަކުގެ ވާހަކައާއި އެކަމަށް ތަޢުރީފް ކުރައްވަމުންނެވެ.

"އެދުވަހު މުޅި ދުނިޔެ ބަންދުވެގެން ދިޔަ، ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖެގެ އެންމެހާ ރައްޔިތުން އަދި ޚާއްސަކޮށް ސަރުކާރު ހިންގަވާ ބޭފުޅުންވެސް އެންމެހާ ބޭފުޅުން ތިބީ ވަރަށްބޮޑު ހާސްކަމެއްގެ ތެރޭގައި" 

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް

ސިޔާމް ވިދާޅުވީ އެދުވަހު ވިޔަފާއިވެރިންގެ ތެރޭގައި ހިމެނޭ ފުންނާބު އުސް ވިޔަފާރިވެރިން ބައްދަލުކޮށް ވިޔަފާރި ހިންގާނެ ގޮތެއް ނެތްކަމަށާއި، ވިޔަފާރި ހަލާކުވެއްޖެކަމަށް ވިދާޅުވިކަމަށެވެ.

ހަމައެދުވަހު ވިޔަފާރިވެރިން ރައީސް ޞާލިޙާއި ބައްދަލުކުރި ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެދުވަހު ރައީސް ޞާލިޙް ވިދާޅުވީ ދުނިޔޭގެ އެކި ބޭންކުތަކުން ފައިސާ ހޯއްދަވައި ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅައްޖައްސަވާނެ ކަމަށެވެ. އަރަނީގެ ގޮތުގައި ވަރަށް ބައިވަރު ފައިސާ އެކި ޤައުމުތަކުން ރައީސް ޞާލިޙް ނެންގެވި ކަމަށާއި އޭގެ ސަބަބުން ކޮވިޑާއި ގުޅިގެން ދިމާވި ކަންތައްތަކުން އަރައި ގަނެވުނު ކަމަށެވެ. އަދި ތިންމަސް ދުވަހުން ބޯޑަރު ހުޅުވި މިއަދު މިއޮތީ އިޤްތިޞާސު އެންމެ ބޮޑަށް ކޮއްޅަށް ޖެހިފައި ކަމުގައި ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އެހާއަވަހަށް ކޮޅަށް ޖެހެވުނު ސަބަބަކާއި ގެންގުޅު "ރެސިޕީ" އާއި މެދުގައި ދުނިޔޭގެ އެކި ޤައުމުތަކުން ސުވާލު ކުރި ކަމަށާއި އޭގެ ތެރޭގައި ދުނިޔޭގެ ވަރުގަދަ އިޤްތިޞާދުތައް ވެސް ހިމެނޭކަމަށް ސިޔާމް ވިދާޅުވިއެވެ.

"މި ޤަރުނުގައި ރައީސެއްގެ މަޤާމުގައި ހުންނެވި އެންމެ މޮޅު އެންމެ ޚިކްމަތްތެރި، އެންމެ އޯގާތެރި އެންމެ ވިސްނުންތޫނު، އިޤްތިޞާދު ކޮޅައްޖެހޭނެ ބޭފުޅަކަށް ހުރީ ހަމައެކަނި އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ޞާލިޙް" 

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް

ސިޔާމް ވިދާޅުވީ އެކަމާއި ދެބަސްވާނެ ހަމަ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.

ރޭ މާލެ ސިޓީގައި ބޭއްވި އެމްޑީޕީ ކޯލިޝަން ޖަލްސާގައި ވަނީ "އުފާވެރި މާލެ" ނަމުގައި މާލެ ސަރަހައްދަށް ޚާއްސަ މެނިފެސްޓޯއެއް ތަޢާރަފްކޮށްފައެވެ.

ކޮމެންޓް
ހާއުފާ
ހާދަމޮޅު ލީޑަރެކޭ ދޯ؟
02 Sep 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.