ރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
03 Sep 2023 | 07:53
ރޮނާލްޑޯގެ މޮޅު ކުޅުމާއެކު، އަލް ނަސްރު ޖެހިޖެހިގެން ތިންވަނަ މެޗުން މޮޅުވެއްޖެ

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އަލް ހާޒެމް އާއި ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން އަލް ނަސްރު ކާމިޔާބު ކޮށްފިއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި ނުވަ ލަނޑު ކާމިޔާބުކުރި އަލް ނަސްރު އިން މިމެޗުގެ ފުރަތަަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގިއިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލްރަހްމާން ޤަރީބު އެވެ. މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ނަސްރުގެ ލީޑު ފުޅާކޮށްދިނީ މިޑްފީލްޑަރު އަބްދުﷲ އަލް ޚައިބަރީ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ކްރޮއޭޝިޔާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އަލް ހާޒެމްގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ލިބުނު ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އަލް ހާޒެމް އިންނެވެ. އެގޮތުން މިހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގަމްބިއާގެ ފޯވާޑް މުހައްމަދު ބޮޑަމޯސީ އެވެ. މިއީ އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ހާޒެމްގެ ލަނޑަށްފަހު އަލް ނަސްރުން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިމެޗުގައި އަލް ނަސްރުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު އޮޓާވިއޯ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި އަލް ނަސްރުގެ ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މާނޭ އެވެ. މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ އޭނާ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި 850 ވަނަ ލަނޑެވެ. އަދި މިއީ މި ސީޒަނުގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ ކުޅުނު ހަތަރު މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން އަލް ނަސްރަށް 9 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ. އަދި މި މެޗުން ބަލިވި އަލް ހާޒެމް ފަސް މެޗު ކުޅެގެން ލިބުނު ދެ ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން