8 ކެންޑިޑޭޓުން ރިޔާސީ ބަހުސުގައި ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
03 Sep 2023 | 08:06
ރައްޔިތުން އަތުން އިތުރު ޓެކުހެއް ނުނަގަން 8 ކެންޑިޑޭޓުން އެއްބަސް!

ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް މިހާރު ރައްޔިތުން އަތުން ނަގަމުންދާ ޓެކްސްގެ އިތުރުން އިތުރު ޓެކުހެއް ނުނަންގަވާނެކަމަށް މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވިދާޅުވެއްޖެ އެވެ. 

ހުރިހާ ކެންޑިޑޭޓުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސުގައި، 8 ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފައި ވާއިރު، ޤައުމުގެ އިޤްތިޞާދު ރަނގަޅުކޮށް ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް ކުރައްވާނެ ކަންކަން ވަނީ ހާމަކޮށްދެއްވާނެ އެވެ. 

އެގޮތުން ދަރަނި ކުޑަކުރުމަށް ގެންގުޅުއްވާނެ ސިޔާސަތުތަކާއި، މިހާރު ނަގާފައިވާ ދަރަނި އަނބުރާ ދައްކާނެ ސިޔާސަތުތައް ވެސް ހުރިހާ ކެންޑިޑޭޓުން ހާމަކުރެއްވި އެވެ. 

އެހެން ނަމަވެސް 8 ކެންޑިޑޭޓުންގެ ވާހަކައަށް ބަލާއިރު އެ ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވާ އެއްކަމެއް ރިޔާސީ ބަހުސުން ވަނީ ފާހަގަވެގެން ގޮސްފައެވެ. 

އެއީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިހާރު ރައްޔިތުން އަތުން ނަގަމުން އަންނަ ޓެކްސްގެ އިތުރުން، އިތުރު ޓެކުހެއް ނުނެގުމަށެވެ. ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ 8 ކެންޑިޑޭޓުން ވެސް ވިދާޅުވީ އިތުރު ޓެކުހެއް ރައްޔިތުން އަތުން ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

އާމްދަނީ އިތުރުކުރުމަށް އެކި ރިޔާސީ ކެންޑިޑޭޓުން ގެންގުޅުއްވާ ވިސްނުންފުޅު ތަފާތު ވި ނަމަވެސް، ރައްޔިތުން އަތުން އިތުރު ޓެކްސް ނަގާ، ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ރައްޔިތުންގެ ޖީބުތަކުން ދައުލަތަށް އިތުރު ޚަރަދުތައް ކުރުވަން ނުޖައްސަވާނެ ކަމަށް ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. 

ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ރައްޔިތުން އަތުން އިތުރު ޓެކުހެއް ނުނެގުމުގެ ސިޔާސަތަކީ ހުރިހާ ކެންޑިޑޭޓުން ވެސް ޤަބޫލުކުރާ އަދި އިއްތިފާގުވާ ސިޔާސަތެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ