އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު--
ހަބަރު
03 Sep 2023 | 10:31
ޖަލްސާތަކުގައި އެންޓި ކެންޕެއިން ކުރިޔަސް އެ މައްސަލައެއް ނުބަލާނެ؛ ޝަކުވާ ހުށަހަޅުއްވާ: އީސީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭއިންގެ ތެރެއިން، އެންޓި ކެންޕެއިން ކުރާ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލާނީ، އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅުމުން ކަމަށް އީސީގެ ނާއިބު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި، އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ބޭފުޅުން އަންނަނީ، އިދިކޮޅުު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެންޓި ކެންޕެއިން ކުރަމުންނެވެ. 

ޚާއްޞަކޮށް، ރައީސް ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ އަންނަނީ ކޮންމެ ދުވަހަކުހެން ބާއްވަމުން އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި، މުޢިއްޒަށް ވަރަށް ބޮޑަށް އެންޓި ކުރައްވަމުންނެވެ. 

ނަމަވެސް އެ މައްސަލާގައި މިހާތަނަށްވެސް އީސީން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެކަމާއި ގުޅިގެން 'ވޮއިސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަބީބު ވިދާޅުވީ، އެފަދައިން، ޖަލްސާ ތަކާއި އެނޫންވެސް ތަންތަނުގައި އެންޓި ކެންޕެއިން ކުރުމުގެ ސަބަބުން، ކެންޑިއޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަމެއް އަންނަ ކަމަށް ފެންނަ ނަމަ، އެކަން ކޮމްޕްލެއިންސް ބިޔުރޯ އަށް ހެއްކާއި އެކު ހުށަހެޅުމުން ބަލާނެ ކަމަށެވެ. 

"އެފަދަ މައްސަލަތަކަކީ ބްރޯޑްކާސްޓިންގ އާއި ގުޅޭ ކަމެއް ނަމަ، އެކަން ބަލާނީ ބްރޯޑް ކާސްޓިންގ ކޮމިޝަނުން. ކޮރަޕްޝަނާއި ގުޅޭ ކަމެއް ނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާނެ. އެނޫން ކަންކަން އިލެކްޝަންސް ކޮމިޝަނުން ބަލާނެ. އެކަމަކު ވަކި ވަކިން ޖަލްސާތަކުގައި ދައްކާ ވާހަކަ އަޅުގަނޑުމެން ބަލާފަ އެފަދަ ކަންކަން ނުބެލޭނެ. ޖެހޭނީ ކޮމްޕްލެއިންސް ބިޔުރޯ އަށް، ހެއްކާއި އެކު މައްސަލަ ހުށަހަޅަން." ހަބީބު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.