ޑރ އަޙްމަދު އިނާޒް. ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Sep 2023 | 12:02
ކުރީގެ ފިނޭންސް މިނިސްޓަރ ޑރ އިނާޒްގެ ތާއީދު ރައީސް ޞާލިޙްއަށް

ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވެވި ޑރ އަހްމަދް އިނާޒް ނިންމަވައިފިއެވެ.

ޑރ އިނާޒް ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަނީ ގިނަ ސިޔާސީ ޕާޓީތަކާއި އެކު ކޯލިޝަން ސަރުކާރެއް ކެތްތެރިކަމާއި އެކު މަޝްވަރާގެ ނަމޫނާ ދައްކަވާފައިވާތީ ކަމަށެވެ.

ހަމަމިއާއިއެކު ލާމަރުކަޒު ކުރުމަކީ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަން ބަހާއި އަމަލުން ދައްކަވަން ފައްޓަވާފައިވާތީ ކަމަށާއި، ސިޔާސީ ހަތުރުން ނާއި މިތުރުން ގާތުންނާއި ދުރުން ސުލްހަވެރި އެހަނަސް ވާދަވެރި ސިޔާސީ މާހައުލެއެއްގައި ރިޔާސީ ދައުރެއް ނިންމަވަމުން ގެންދަވާތީ ކަމަށެވެ.

މީގެ އިތުރުން އުދަނގޫ ސިޔާސީ، އިޤްތިސާދީ އަދި އިޖްތިމާއީ ކަންކަމުގެ ހައްލު ހޯދުމަށް ރައްޔިތުންގެ އަޑު އިއްވޭނެ މާހައުލެއް ގާއިމްކުރެވެމުން ދާތީ ކަމަށް ޑރ އިނާޒް ވިދާޅުވެފައިވެއެވެ.

ޑރ އިނާޒް އެންމެ ފުރަތަމަ ސިޔާސީ ދާއިރާއިން ފެނިގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު މަލްޓި ޕާޓީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގމޭޓެއްގެ ގޮތުގައި 2008ވަނަ އަހަރުއެވެ.

ދެވަނަ ބުރުގައި އިދިކޮޅުން ބޮޑު ކޯލިޝަނަކާއި އެކު އޭރުގެ ރައީސް ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އާއި ވާދަކޮށް އިންތިޚާބު ކާމިޔާބު ވުމުން ރައީސް ނަޝީދުގެ ދައުރުގައި ޑރ އިނާޒް ވަނީ ފިނޭންސް މިނިސްޓަރުކަން ކުރައްވައިފައެވެ.

މިހާރު އިނާޒް ހުންނެވީ ޕެންޝަން އެޑްމިނިސްޓްރޭޓިވް ބޯޑުގެ ޗެއަރމަންއަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.