ރައީސް ޔާމީން އާއި ޖަމީލް
ހަބަރު
03 Sep 2023 | 14:37
ރައީސް ޔާމީން ޖަލަށްލީ، ރައީސް ޞާލިހު؛ ޙުކުމްކުރި ކޮންމެ ގާޟީއަކަށް މަގާމުގެ ކުރިއެރުން ދިން: ޑރ.ޖަމީލް

ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީނު އަބްދުލްގައްޔޫމް ޖަލަށްލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށާ، އެކަން ކުރެއްވީ ޖޭއެސްސީ ބޭނުންކުރައްވައިގެން ކަމަށް، ކުރީގެ ނާއިބު ރައީސް، އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނާ އެކު ސަންގު ޓީވީން ބޭއްވި ބަހުސްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންނެވުމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޔާމީންގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ތުހުމަތަކީ ކޮރަޕްޝަން ކަމަށާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ހުކުމް އައީ ކޯޓުން ކަމަށް ވިދާޅުވި އެވެ. 

"އެއްވެސް މީހެއް ސިޔާސީ މައްސަލައެއްގައި ބަންދެއް ނުކުރަން. ރައްޔިތުން އެކަން ގަބޫލުކޮށްފި. އަޅުގަނޑުގެ ވެރިކަމެއްގައި ދެން ވެސް އެކަން އޮންނާނީ އެހެން. ސިޔާސީ ހަރަކާތްތައް ހިންގޭނެ." ރައީސް ޞާލިހު ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ޢރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނު ޖަލަށްލާފައިވަނީ ރައީސް ޞާލިހު ކަމަށެވެ. އަދި އެކަން ކުރެއްވީ ޖޭއެސްސީ ބޭނުންކޮށްގެން، ޙުކުމްކުރި ކޮންމެ ގާޟީއަކަށް މަގާމުގެ ކުރިއެރުން ދީގެންކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އެއް ޙުކުމުން ސަލާމަށްވާއިރަށް އަނެއް ދަޢުވާ ކުރަނީ. ރައީސް ޔާމީން ފިޔަވައި އިތުރު މީހެއްގެ މައްޗަށް ދަޢުވާ ނުކުރޭ.  

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

މިއާއެކު ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުކުރަން ބޭނުން ކޮށްފައި ވަނީ ދެފާސިގު ކުށްވެރިން ކަމަށާ، އެ ދެމީހުންވެސް ތިބީ ބޮޑެތި ޙުކުމްގައި ގޭގައި ކަމަށެވެ.  

ރައީސް ޔާމީންގެ ކުށް ސާބިތު ކުރުމަށް ބޭނުން ކުރި ދެ ހެކިން ކަމުގައިވާ ޒިޔަތު އާއި އަދީބަށް ހަދިޔާގެ ގޮތުގައި ގިނަ ލުއިތަކެއް ދީފައިވާ ކަންވެސް ޖަމީލް ފާހަގަކުރައްވާފައެވެ. 

"ޕީޕީއެމްގެ ކޮންމެ މެމްބަރަކުގަބޫލް ކުރަނީ ރައީސް ޔާމީނަށް ކުރަނީ ސީދާ އަނިޔާކަމަށް. ސިޔާސީ ގޮތުން އެކަހެރި ކުރުމަށް ކޯޓްތަކަށް ރައީސް ސޯލިހު ނުފޫޒް ފޯރުވައިގެން ޙުކުމްޖެހިކަމަށް."

ޑރ. މުހައްމަދު ޖަމީލް 

ޖަމީލް މިހެން ވިދާޅުވެފައި ވާއިރު ވ. އާރަށް މައްސަލާގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރި ގާޒީ، އަހުމަދު ޝަކީލް އެ މައްސަލަ ނިމުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް، ޖޭއެސްސީން ވަނީ އައްޔަންކޮށްފައެވެ. 

އޭގެ ކުރިން ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ބެންޗްގައި އިސްކޮށް އިންނެވި އަލީ ރަޝީދު ވެސް ވަނީ އެހުކުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ